ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

އެޗްއާރްސީއެމްގެ ނައިބުރައީސްކަމަށް ޝަފީގު އައްޔަންކުރުމަށް ރަައީސް ހުށަހަޅުއްވައިފި

15 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

އެޗްއާރްސީއެމްގެ ނައިބުރައީސްކަމަށް އައްޔަންކުރުމަށް ރައީސް ނަން ހުށަހެޅުއްވި މުހައްމަދު ޝަފީގު މަހުމޫދު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ނައިބުރައީސްކަމަށް އެ ކޮމިޝަނުގެ މެންބަރުކަމުގައި ހުންނެވި މުހައްމަދު ޝަފީގު މަހުމޫދު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ. 

އެޗްއާރްސީއެމްގެ މެންބަރުކަމަށް ޝަފީގު އައްޔަންކުރަން މަޖިލީހުން ރުހުން ދިނީ ފާއިތުވި އޯގަސްޓ މަހުގެ 18 ވަނަ ދުވަހުއެވެ. ކުރިން އެޗްއާރްސީއެމްގެ ނައިބުރައީސް ކަމުގެ މަގާމުގައި ހުންނެވި މުއުމިނާ ވަހީދުގެ ދައުރު ހަމަވެ މަގާމުން ވަކިވެވަޑައިގަތީ ސެޕްޓެންބަރު 7، 2025 ވަނަ ދުވަހުއެވެ. 

މުހައްމަދު ޝަފީގު މަހުމޫދަކީ މީގެ ކުރިން ލޯކަލް ގަވަމެންޓު އޮތޯރިޓީގެ ސީއީއޯގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ކުރިން އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިް ޑިރެކްޓަރުކަމާއި، އައިޖީއެމްއެޗްގެ ޑިޕިއުޓީ ޑިރެކްޓަރުކަމާއި އެޑިއުކޭޝަން މިނިސްޓްރީގެ އެސިސްޓެންޓު ޑިރެކްޓަރުކަން ކުރެއްވިއެވެ. 

އަދި މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް ޝަފީގު ފުރުއްވާފައިވެއެވެ. 

ސެޕްޓެންބަރު މަހުގެ އަށްވަނަ ދުވަހު މުއުމިނާގެ އިތުރަށް ކޮމިޝަނުގެ މެންބަރު އާމިނަތު ޝިފާތު އަބްދުއްރައްޒާގުގެ ދައުރު ހަމަވެފައިވާއިރު، ޝަފީގުގެ އިތުރަށް އައު މެންބަރެއްގެ ގޮތުގައި އަހްމަދު މަގުސޫމު ކޮމިޝަނުގެ މެންބަރުކަމަށް އައްޔަންކޮށްފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު