ENGLISH
15 ސެޕްޓެމްބަރު 2025
ފ. ނިލަންދޫން އަންހެން ކުއްޖަކު ގެއްލިއްޖެ، އާންމުން ނިކުމެ ހޯދަނީ
15 ސެޕްޓެމްބަރު 2025
|
ފ. ނިލަންދޫ
ފ. ނިލަންދޫން އަންހެން ކުއްޖަކު ގެއްލިއްޖެ އެވެ.
ދިވެހި ފުލުހުން ޚިދުމަތުން މިރޭ ބުނީ ނިލަންދޫ އިން 14 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.
އެކަން މިރޭ 10:15 ހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށާ އެ ކުއްޖާ މިއަދު ހަވީރު ގެއިން ނިކުތްގޮތަށް ހަބަރެއް ވެފައިނުވާ ކަމަށް އާއިލާއިން ވަނީ ބުނާ ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ރަށު ކައުންސިލާއި ރައްޔިތުން ގުޅިގެން ކުރަމުންދާ ކަމަށެވެ.