ENGLISH

15 ސެޕްޓެމްބަރު 2025

Advertisement

މީހަކަށް ވަޅީން ހަމަލާދީ ޒަޚަމުކޮށްލައިފި، ޙާލު ސީރިއަސް

14 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ދިވެހި ފުލުހުންގެ އިދާރާ

މީހަކަށް ވަޅީން ހަމަލާދީ ޒަޚަމުކޮށްލައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މަޖީދީމަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ ކަމަށެވެ. މި މައްސަލަ ފަތިހު 5:15 ހާއިރު ފުލުހަށް ރިޕޯޓް ކޮށްފައިވާ ކަމަށާ މި މާރާމާރީގައި އަނިޔާވެފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށް ފުލުހުން ބުންޏެވެ.

އެ މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

އެނގިފައިވާ ގޮތުގައި އޭނާގެ ހާލު ސީރިއަސް އެވެ. ފުލުހުން ބުނީ މާރާމާރީގެ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު