ENGLISH

03 ނޮވެމްބަރު 2025

Advertisement

ޕާކިސްތާނުގެ އަސްކަރީ ޤާފިލާއަކަށް ދިން ޓެރަރިސްޓް ހަމަލާ ރާއްޖޭން ކުށްވެރިކޮށްފި

14 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ޕާކިސްތާނުގެ އަސްކަރީ ވެހިކަލެއް

ޕާކިސްތާނުގެ ހުޅަނގު އުތުރު ސަރަޙައްދުގައި އަސްކަރީ ގާފިލާއަކަށް ދިން އުދުވާނީ ހަމަލާގައި ކުށެއް ނެތް އެތައް ބަޔަކު މަރުވެ، ގިނަ ޢަދަދެއްގެ ބަޔަކު ޒަހަމްވި ހާދިސާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފި އެވެ.

‎ދިވެހި ޚާރިޖިއްޔާއިން މިރޭ ބުނީ މި ހަމަލާގައި ޝަހީދުވި މީހުންގެ ޢާއިލާ އަށާއި، ޕާކިސްތާން ގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހިރާއްޖޭގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުވާ ކަމަށެވެ. އަދި މި ފިނޑި ޖަރީމާގައި އަނިޔާލިބުނު އެންމެހާ ފަރާތްތަކަށް އަވަސް ޝިފާއަކަށް އެދޭ ކަމަށެވެ.

‎އަދި، ދިވެހިރާއްޖެއަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ތެދުވެ ސާބިތުކަންމަތީ ދެމި އޮންނާނެ ޤައުމެއް ކަމުގައި ކަށަވަރުކޮށްދީ، ބައިނަލްއަޤްވާމީ މައިދާނުގައި އެކި ފަރާތްތަކާ ގުޅިގެން ޓެރަރިޒަމް އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ޤައުމެއްކަމުގެ ޔަޤީންކަން މި ބަޔާނުގައި ދީފައިވެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މި ހަމަލާގައި އަސްކަރިއްޔާގެ 19 އޮފިސަރަކު ވަނީ މަރުވެފަ އެވެ.  

ކިޔުންތެރިންގެ ހިޔާލު