ENGLISH
15 ސެޕްޓެމްބަރު 2025
ތާރީޚީ ދުވަަހެއް: ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ޙަވާލުކުރަން ފަށައިފި
14 ސެޕްޓެމްބަރު 2025
|
ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ޙަވާލުކުރަން ފެށުން --
ބިންވެރިޔާ ސްކީމްގެދަށުން، ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ޙަވާލުކުރަން މިއަދު ފަށައިފި އެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ބުނީ ބިން ލިބިފައިވާ ސަރަޙައްދުތައް ސާފުކޮށް، އިން ވަކި ކުރުމަށްފަހު ކަނޑަޖެހުމުގެ މަސައްކަތްތައް މި މަހުގެ ތިންވަނަ ދުވަހު ފަށާފައިވާ ކަމަށެވެ. އަދި ބިންތައް ސާފުކޮށް ނިމޭ ވަރަކުން ގޯތިތަކުގެ ބިންތައް އޭގެ ވެރިފަރާތްތަކާ ޙަވާލުކުރަމުންދާ ކަމަށެވެ.
އެގޮތުން އެ މަސައްކަތް މިއަދު ފަށާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތައް ގެނެސް ގުރު ނެގުމުން ގޯތި ލިބުނު ޕްލޮޓްތައް ވަނީ ބަދަލުވެފައެވެ. އެ ޕްލޮޓްތައް ކަނޑައެޅުމުގެ ގުރުނެގުން ކުރިއަށް ގެންދިޔައީ މެއި މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާ އިން ވަނީ ޖުލައި މަހުގެ 12 ވަނަ ދުވަހުން ފެށިގެން ރަޖިސްޓަރީ ދޫކުރަން ފަށާފަ އެެވެ. އެ ވުޒާރާ އިން ބުނީ މިހާތަނަށް 1260 ފަރާތަކަށް ގޯތީގެ ރަޖިސްޓްރީ ވަނީ ދޫކޮށްފައިވާ ކަމަށެވެ.
ރަޖިސްޓްރީއާ ހަވާލުވުމަށް އެދި ގޯތީގެ ވެރިފަރާތުން އެޕޮއިންޓްމަންޓަށް އެދެން ޖެހެނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުން ރަޖިސްޓްރީ ހަވާލުކުރުމާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށެވެ.