ENGLISH

03 ނޮވެމްބަރު 2025

Advertisement

ސްކޭމް ހިންގާ ގައިދީންނާއި ދެކޮޅު އޮޕަރޭޝަނެއް: ގިނަ އަދަދެއްގެ ފޯނު ހޯދައިފި

14 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

މާފުށީ ޖަލު --

ސްކޭމް ހިންގާ ގައިދީންނާއި ދެކޮޅު ހިނގި އޮޕަރޭޝަނެއްގައި ޖަލުން ގިނަ އަދަދެއްގެ ފޯނު ހޯދައިފި އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ އެ ޚިދުމަތަށް ހުށަހެޅޭ ސްކޭމް މައްސަލަތަކާ ގުޅިގެން ކުރެވުނު ތަހުގީގު ތަކުން އެނގިފައިވާ ގޮތުގައި، މިފަދަ ބައެއް މައްސަލަތަކުގައި މާފުށީ ޖަލުގައި ބަންދުކުރެވިފައި ތިބޭ ގައިދީން ބައިވެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެހެންކަމުން، ސެޕްޓެމްބަރު 11 ވަނަ ދުވަހު މާފުށީ ޖަލުގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި އޮޕަރޭޝަންގައި އެކި ބްރޭންޑްތަކުގެ 33 މޯބައިލް ފޯނާއި، އިއަރޕޮޑް، ހެޑްސެޓް، ފޯނު ޗާޖުކުރާ ކޭބަލް، އަދި ސިމްކާޑު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށާ ސްކޭމް މަދުކުރުމަށްޓަކައި ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރއިން މި ފދަ އިތުރު އޮޕަރޭޝަންތައް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއާ ގުޅިގެން ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ސަރުކާރުން ގެންދަނީ ޖަލުގައި ތިބޭ ގައިދީންނަށް ގަވާއިދާ ޚިލާފަށް ތަކެތި ފޯރުކޮށް ދިނުން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމުގައި ބައިވެރިވާ އޮފިސަރުން ފާހަގަކޮށް އެ އޮފިސަރުންގެ މައްސަލަތައް ވެސް ދަނީ ބަަލަމުންނެވެ.

އެ މައްސަލަތައް ބޮޑުވީ މީގެ ކުރީން އެފަދަ ކަަންކަން ހުއްޓުވަން އެކަށީގެންވާ މަސައްކަތްތަކެއް ކޮށްފައިނުވާތީ އެވެ.

ކިޔުންތެރިންގެ ހިޔާލު