ENGLISH

03 ނޮވެމްބަރު 2025

Advertisement

ޖަރުމަނުގައި އެއްޗެއް ގޮވާ ފިހުނު ޒުވާނާ ނިޔާވެއްޖެ

14 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ބ. ތުޅާދޫ ބީޗް ހައުސް، އިބްރާހިމް ފަޔާޒް

ޖަރުމަނުގެ މިއުނިކްގައި އެއްޗެއް ގޮވައި މިދިޔަ މަހުގެ 26 ވަނަ ދުވަހު ހިނގި ނުރައްކާތެރި ހާދިސާގައި އަނިޔާވި ދިވެހި ޒުވާނާ ނިޔާވެއްޖެ އެވެ.

އެ ހާދިސާގައި އަނިޔާވި ބ. ތުޅާދޫ ބީޗް ހައުސް، އިބްރާހިމް ފަޔާޒް ނިޔާވީ މިއަދު އެެވެ. ޖަރުމަނު މީހަކާއި ކައިވެނިކޮށްގެން އެ ގައުމުގައި ދިރިއުޅެމުންދިޔަ ފަޔާޒް ނިޔާވީ އެ ހާދިސާގައި އޭނާގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށެވެ.

ރާއްޖޭގައި އުފެދުނު އެންމެފުރަތަމަ ކައިޓް ސާފަރުންގެ ތެރޭގައި ހިމެނޭ ފައްޔާޒް ނިޔާވީ މިއުނިކް ބޮގޭންހައުސަން ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު