ENGLISH

05 ޖުލައި 2025

Advertisement

ޕީއެންސީ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ ޢިއުލާންކޮށް ޝަކުވާއަށް ހުޅުވައިފި

26 ނޮވެމްބަރު 2024

|

އާމިނަތު ޔުމްނާ

ޕީއެންސީ އެތެރޭގެ އިންތިޚާބުގެ ވޯޓު ގުނަނީ. --ފޮޓޯ: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާންކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ރޭ ހުޅުވާލައިފިއެވެ.

މިހާތަނަށް ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ބޮޑު އިންތިޙާބު ބޭއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މި އިންތިހާބުގައި 34،904 މީހަކަށް ވޯޓުދިނުމުގެ ޙައްގު ލިބުނުކަމަށް ޕީއެންސީން ވަނީ ބުނެފައެވެ. އިންތިހާބުގައި  ވޯޓުލުމަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޖުމްލަ 143 ފޮށި ބެހެއްޓިއިރު، 667 ކެންޑިޑޭޓުން ވަނީ ވާދަކޮށްފައެވެ.

ވަގުތީ ނަތީޖާއާމެދު ޝަކުވާއެއް އޮތްނަމަ ހެކިތަކާއެކު އެކަމަށް ހާއްސަ ފޯމާއެކު ޝަކުވާ ހުށަހެޅޭނެ ކަމަށް ވެސް އެޕާޓީން ވަނީ ބުނެފައެވެ. އަދި ދާއިމީ ނަތީޖާ އިއުލާނުކުރާނީ އިންތިޚާބުގައި ބެހެއްޓި ވޯޓުފޮށިތަކުގެ ވޯޓު ކަރުދާސްތަކާއި ނަތީޖާ ޝީޓޫތަކުގެ އަސްލު ޕީއެންސީގެ އޮފީހަށް ލިބި ހުށައަޅާ ހުރިހާ ޝަކުވާތަކަށް ބަލާ ރިއާޔަތް ކުރުމަސްފަހުގައި ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ

މަޤާމުތަކަށް އަލަށް އިންތިޚާބުވި ފަރާތްތަކާއެކު އެޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރެވޭނެކަމަށް ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު