ENGLISH
16 ސެޕްޓެމްބަރު 2025
މާކުރަތު ޕޮލިސް ޕޯސްޓް އިމާރާތް ބާރަށް ކުރިއަށް، ނިމެނީ
14 ސެޕްޓެމްބަރު 2025
|
މާކުރަތު ޕޮލިސް ޕޯސްޓް އިމާރާތް --
ރ. މާކުރަތު ޕޮލިސް ޕޯސްޓް އިމާރާތް ނިމުމަކާއި ހަމައަށް ގޮސްފައިވާ ކަމަށާ އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދާއި އެއްގޮތަށް ވަރަށް ގިނަ ރަށްރަށުގައި ފުލުހުންގެ މަރުކަޒުތައް މިހާރު ވަނީ ޤާއިމުވެސް ކޮށްފަ އެވެ.
މާކުރަތުގައި އިމާރާތް ކުރަނީ އެންމެ ޒަމާނީ ޕޮލިސް ޕޯސްޓެކެވެ. އެމްޓީސީސީން ކުރިއަށް ގެންދާ އެ މަޝްރޫޢުގެ ބޮޑު ބައެއް މިހާރު ވަނީ ނިމިފަ އެވެ. ނޭރުމުގެ ހުރިހާ މަސައްކަތެއް ނިމި މިހާރު ދަނީ ފުރާޅު އެޅުމުގެ މަަސަައްކަތް ކުރަަމުންނެވެ.
އެ މަސައްކަތް ވެސް ތާވަލުކުރެވިފައިވާ ގޮތަށް ކުރިއަށްދާ ކަމަށާ ވަަރަށް އަވަހަށް މުޅި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.
ރައީސްގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެ ތިބޭނެ ގޮތް ހަމަޖެއްސުމެވެ. ފުލުހުން ޤާއިމުވުމުން ރަށްރަށުގައި ކުށްކުރުމުގެ ރޭޓް ވަރަށް ބޮޑަށް ދަށް ކުރެވޭނެ ކަމަށް ބެލެވެ އެވެ.