ENGLISH

16 ސެޕްޓެމްބަރު 2025

Advertisement

ނޮޅިވަރަމްފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިން ޔުނިޓް: ސޮއިނުކުރާ މީހުންނާއެކު އެއްބަސްވުން ހަދަން ފަށައިފި

14 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ސޮއިކުރުމުގެ އިންތިޒާމް ސެޕްޓެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އޮންނާނެ --

ހދ. ނޮޅިވަރަންފަރުގައި އިމާރާތްކޮށްފައިވާ 100 ހައުސިންގ ޔުނިޓްތައް ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކޮށްފައިނުވާ މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުން މިއަދު ފަށައިފި އެވެ.

ނޮޅިވަރަންފަރުން ހައުސިންގ ޔުނިޓު ލިބޭނެކަމަށް ކަނޑައަޅާފައިވާ މީހުންގެ ތެރެއިން މިހާތަނަށް ސޮއިކޮށްފައިނުވާ ފަރާތްތަކާއެކީ ސޮއިކުރުމުގެ އިންތިޒާމް ސެޕްޓެންބަރު 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް މިނިސްޓްރީ ކުރިން ހިންގި އިމާރާތުގެ ބިމުގައި ކުރިއަށްދާނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދި ފަހުން ނޮޅިވަރަންފަރަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށުގައި އިމާރާތް ކޮށްފައިވާ 100 ހައުސިން ޔުނިޓް ކައުންސިލާ ވަނީ ރަސްމީކޮށް ހަވާލުކޮށްފަ އެވެ. ހައުސިން ޔުނިޓްތައް ހަވާލުކުރުމުގެ ގޮތުން ކައުންސިލަށް ވަނީ ހަނދާނީ ފިލައެއް ވެސް ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު