ENGLISH
16 ސެޕްޓެމްބަރު 2025
ހޯމަ ދުވަހު ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާއެއް ބާއްވަނީ، އޮތީ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމުގެ ބިލުގެ މަސައްކަތް
14 ސެޕްޓެމްބަރު 2025
|
ރަައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، ފޮޓޯ: މަޖިލިސް
މާދަމާ ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ނިންމައި، ޖަލްސާގެ އެޖެންޑާ މަޖިލީހުގެ އިދާރާއިން އާއްމުކޮށްފިއެވެ.
މަޖިލީހުގެ އިދާރާއިން އާއްމުކުރި އެޖެންޑާގައި ބުނެފައިވާ ގޮތުން މާދަމާ ހެނދުނު 9:00 ގައި ބާއްވާ މި ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮތީ ދެ ކަމެކެވެ. އެއިން ފުރަތަމަ ކަމެއްގެ ގޮތުގައި އޮތީ މިނިވަން މުއައްސަސާއެއްގެ ރައީސާއި ނައިބުރައީސްގެ މަގާމަށް ބޭފުޅުން އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންތައް އިއްވުމެވެ. އަދި އެއް ކޮމިޝަނުގެ ނައިބުރައީސްގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ރައީސް ފޮނުއްވި ނަންފުޅު އިއްވުމެވެ.
ރައީސާއި ނައިބުރައީސްގެ މަގާމަށް ބޭފުޅުން އަައްޔަންކުރުމަށް ނަންފުޅުުތަކެއް ރައީސް ފޮނުއްވާފައިވަނީ ސިވިލް ސާވިސް ކޮމިޝަނަށެވެ. އަދި ނައިބުރައީސުގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ނަންފުޅު ރައީސް ފޮނުއްވާފައިވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށެވެ.
ދެވަނަ ކަމެއްގެ ގޮތުގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ދިރާސާކޮށް އެ ކޮމިޓީން ނިންމި ގޮތާ ގުޅޭ ރިޕޯޓާމެދު މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމުމެވެ.
ކޮމިޝަންތަކުގެ ރައީސުންނާއި ނައިބުރައީސުންގެ މަގާމަށް އައްޔަންކުރުމަށް ރައީސް ފޮނުއްވި ނަންފުޅުތައް ދިރާސާކުރުމަށް ފޮނުވާނީ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީއަށެވެ. އެއީ ވޯޓަށް އަހަންޖެހޭ ކަމެއް ނޫނެވެ. ކޮމިޓީއަށް ނަން ފޮނުއްވާނީ މަޖިލީހުގެ ރިޔާސަތުންނެވެ.
އެހެންކަމުން މާދަން މަޖިލީހުގައި ވޯޓަށް އަހާ ކަމެއްގެ ގޮތުގައި އެޖެންޑާކޮށްފައި އޮތް ހަމައެކަނި ކަމަކީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލާމެދު ގޮތެއް ނިންމުމެވެ.