ENGLISH
13 ސެޕްޓެމްބަރު 2025
ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި
13 ސެޕްޓެމްބަރު 2025
|
ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ --
ގަވާއިދާ ޚިލާފަށް ސިނގިރޭޓްގެ ވިޔަފާރި ކުރުމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ކަންނެލި ޖެޓީ ކައިރީން މީހަކު، ރަށުތެރެ ޕެޓްރޯލްކުރަމުންދިޔަ ފުލުހުން ފެނުމުން އެ މީހާގެ އަމަލުތައް ހުރި ގޮތުން ހުއްޓުވާ ބަލާ ފާސްކޮށްފައިވާ ކަމަށެވެ.
އެ މީހާއާ އެ މީހާ ގެންގުޅުނު ތަކެތި ބަލާ ފާސްކުރިއިރު ގިނަ އަދަދެއްގެ ސިނގިރޭޓް ފޮއްޓާއި ދުންފަތާއި ސިނގިރޭޓް ފިލްޓަރާއި ރިޒްލާ ފެނިފައިވާ ކަމަށެވެ. އަދި އެކު ޖުމްލަ 53،000އަށް ވުރެ ގިނަ ރުފިޔާއާ ސިނގިރޭޓް އަނބުރާ ބޮކްސްއެއް ފެނިފައިވާ ކަމަށެވެ.
އެހެން ކަމުން ގަވާއިދާ ހިލާފަށް ސިނގިރޭޓް ވިޔަފާރި ކުރުމުގެ ތުހުމަތުގައި އެ މީހާ ވަނީ ހައްޔަރު ކޮށްފަ އެވެ.
މި މައްސަލާގައި ހައްޔަރު ކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.