ENGLISH
05 ޖުލައި 2025
ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި 51 އަހަރުގެ މީހަކު ހައްޔަރުކޮށްފި
26 ނޮވެމްބަރު 2024
|
ދެކުނު ސެންޓްރަލް ޕޮލިސްގެ ބެލުމުގެ ދަށުގައިވާ ރަށަކަށް ނިސްބަތްވާ އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންނަށް އިއްޔެ ރިޕޯޓްކުރި މި މައްސަލައާ ގުޅިގެން 51 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ކުޑަކުދިންނާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކަކަށް ވާތީ، ކުއްޖާގެ ވަނަވަރު ރައްކާތެރިކުރުމުގެ ގޮތުން އެ ކުއްޖާގެ އަތޮޅާއި ރަށް ހާމަނުކުރަން ފުލުހުން ވަނީ ނިންމައިފައެވެ.