ENGLISH
13 ސެޕްޓެމްބަރު 2025
ރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަގަކުރަން ކުޑަކުދީންގެ ދުވަހެއް
12 ސެޕްޓެމްބަރު 2025
|
މިއަދު އޮތް ކުޑަކުދީންގެ ހަވީރު
ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަސް ފާހަކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވައިފި އެވެ.
އިންޖިނޭރުންގެ ދުވަހާ ގުޅިގެން މިނިސްޓްރީ އޮފް ކޮންޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އިސް ނަގައިގެން މިއަދު ބޭއްވި ކުޑަކުދިންގެ ހަވީރު އޮތީ 4:00 ން 6:00 އަށް އެވެ. މި ހަވީރު ކުރިއަށް ގެންގޮސްފައިވަނީ މާލޭ އުސްފަސްގަނޑު ސަރަޙައްދުގަ އެވެ.
މި ހަވީރު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިމުގައި އެ މިނިސްޓްރީއާއެކު އަށް ފަރާތަކުން ވަނީ ތަފާތު ސްޓޯލްތައް ހިންގާފަ އެވެ. އޭގެތެރޭގައި އެސް.އޯ.އީތަކާ އެކި އިދާރާތައް ހިމެނެއެވެ. އެގޮތުން އިންޖިނިއަރިންގެ އެކި ދާއިރާތަކާގުޅޭ މަސައްކަތްތައް ދައްކާލުމާ ކުޑަކުދިން ޝައުޤުވެރިވާ ހަރަކާތްތައް ސްޓޯލްތަކުގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އަދި މިނިސްޓްރީގެ ފަރާތުން ކުރިއަށް ގެންދިޔަ ސްޓޯލްގައި އިންޖިނޭރިންގ ދާއިރާއަށް ގުޅުންހުރި ގޭމްތަކާ އަދި މަޢުލޫމާތު ވަނީ ޒިޔާރަތްކުރި ކުޑަކުދިންނަށް ފޯރުކޮށްދީފަ އެވެ.
މިފަދަ ހަވީރެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްސަދަކީ އިންޖިނޭރިންގ ދާއިރާގައި ކުރާ މަސައްކަތްތަކާ އަދި މިކަމަށް ޝައުޤުވެރިވާ އައު ޖީލެއް އުފެދިންގެން ދިއުމަށް ބާރުއެޅުން ކަމަށް މިނިސްޓްރީން ބުނެ އެވެ.
ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި އެކި އިދާރާތަކުގެ އިތުރުން މި އިވެންޓް ކާމިޔާބު ކަމާއެކު ކުރިއަށްގެންދިއުމުގައި އެމް.ޑަބްލިއު.އެސް.ސީ، އެފް.ޑީ.ސީ، ފެނަކަ، ދިރާގު އަދި އުރީދޫގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް ބުންޏެވެ.