ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ދިވެހި ބަހާއި، ސަގާފަތަކީ ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭ ޤަައުމީ އަމާނާތެއް: ފަސްޓް ލޭޑީ

12 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ކާބަފައިން ވާރުތަކޮށްދިން ޤައުމީ އާސާރުތަކާއި، ދިވެހި ބަހާއި، ދިވެހި ސަގާފަތަކީ ދަރީންނަށް ހެޔޮގޮތުގައި ފޯރުކޮށްދޭން ޖެހޭ ޤަައުމީ އަމާނާތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ގައުމީ ތަރިކައިގެ ދުވަހުގެ މުުނާސަބަތުގައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ސާޖިދާ މުޙައްމަދު ވިދާޅުވީ  ދިވެހީންނަކީ ދިރިއުޅުމުގެ ރީތި ހަމަތަކަކާއި އާދަތަކެއް ހިފަހައްޓަމުން އައި ޚުލްޤު ހެޔޮ ބައެއް ކަމަށާއި މަސައްކަތްތެރި، ހީވާގި، މުރާލި، ރަޙްމަތްތެރި ރައްޔިތެއް ކަމަށެވެ. އަދި ދިވެހިވަންތަކަމުގައި ހުރި މިފަދަ ރިވެތި ސިފަތަކާއި އާދަތައް ހެޔޮ ގޮތުގައި ފޯރުކޮށްދިނުމަކީ ގައުމީ އަމާނާތެއް ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޤައުމީ ތަރިކައިގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ. މިއީ ފުރަތަމަ ފަހަރަށް ތަރިކައާ ބެހޭ ޤާނޫނެއް ވުޖޫދުވި ދުވަހެވެ. މި ޤާނޫނު ތަޞްދީޤުކުރެވުނީ 2019 ވަނަ އަހަރު އެވެ.

ކިޔުންތެރިންގެ ހިޔާލު