ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ދިވެހި ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ދިވެހި ގައުމު ދެމި އޮތުމަށްތަކައި އަދާކުރުން ލާޒިމު ވާޖިބެއް: ރައީސް

12 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ދިވެހި ތަރިކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ، ދިވެހި ގައުމު ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

ރައީސް މިފަދައިން ވިދާޅުވީ ގައުމީ ތަރިކައިގެ ދުވަހުގެ މުުނާސަބަތުގައި އެކްސްގައި ޝާއިއުކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނުގެ ޕޯސްޓުގައި ތަރިކައަކީ ކޮބައިކަމާއި އެ ތަރިކައިގެ މުހިއްމުކަމަކީ ކޮބައިކަން ތަފުސީލުކޮށްދެއްވާފައިވެއެވެ. 

އެގޮތުން ރައީސް ވިދާޅުވީ އިސްލާމްދީނާއި، ދިވެހި ބަހާއި، ދިވެހިވަންތަ ރީތި އާދަތަކާއި، ދިވެހި މަސައްކަަތްތެރިކަމާއި އާސާރީ ތަންތަނާއި ތަކެއްޗާއ، މާޒީގެ ފަހުރުވެރި ތާރީހަކީ ދިވެހި ގައުމީ ތަރިކައިގެ އެންމެ އަގުހުރި ހަޒަނާތައް ކަމަށެވެ. 

އެމަނިކުފާނު ރާއްޖޭގެ ތަރިކައިގެ ގޮތުގައި ފާހަގަކުރެއްވީ ދިވެހި ތަރިކައިގެ ތެރޭގައި ހިމެނޭ މާނަވީ ތަރިކައާއި، އަތްލެވޭ ތަރިކައެވެ. އެގޮތުން ދީނާއި ބަހާއި ދިރިއުޅުމުގެ ވައްޓަފާޅިއަކީ ތަރިކައިގެ މުހިއްމު ބައެއްކަން ފާހަގަކުރެއްވުމާއެކު، ރާއްޖޭގެ އާސާރީ ތަންތަނާއި ތަކެއްޗަކީވެސް ތަރިކައިގެ މުހިއްމު ބައެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. 

އިތުރަށް ރައީސް ވިދާޅުވީ މާނަވީ ތަރިކައާއި އަތްލެވޭ ތަރިކަ ދިވެހިންގެ ކުރިމަގަށްޓަކައި ރައްކާތެރިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެހުރިހާ ތަކެއްޗާއި ކަންކަން އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ގައުމީ އަމާނަތެއް ކަމަށެވެ. އަދި އެ ތަރިކަ އަންނަން އޮތް ޖީލުތަކަށް އަމާނާތްތެރިކަމާއެކު ފޯރުކޮށްދިނުމަކީ ދިވެހި ގައުމުގެ ދެމިއޮތުމަށްޓަކައި އަދާކުރުން ލާޒިމު ވާޖިބެއް ކަމަށްވެސް އެމަނިކުފނު ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު