ENGLISH

03 ނޮވެމްބަރު 2025

Advertisement

މަޝްރޫއުތައް ދަނީ ކުރިއަށް، ހުއްޓުނީ އެމްޑީޕީގެ ވައްކަން: ނަރީޝް

12 ސެޕްޓެމްބަރު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ކުރީގެ ސަރުކާރުން ފަށައި މަޑުޖެހިފައި ހުރި ތަރައްގީގެ މަޝްރޫއުތަކާއި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ތަރައްގީގެ މަސައްކަތްތައް މަޑުނުޖެހި ކުރިއަށްދާކަމަށާއި، އިދިކޮޅު އެމްޑީޕީއަށް ތަހައްމަލުނުކުރެވިގެން އުޅޭ ކަމަކީ އެ ޕާާޓީގެ ވެރިކަމުގައި ހިންގަމުން އައި ވައްކަން ހުއްޓުމަކަށް އައުންކަމަށް ޔޫތު މިނިސްޓަރުގެ އެޑްވައިޒަރު އަދި މާލެ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ނަރީޝް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ރައްޔިތުންނަށް އޮޅުވައިލައި، ހެދީ މަކަރު ކަމަށެވެ. އެގޮތުން މަޝްރޫއުތައް ހިންގަން ހަވާލުކުރި ކުންފުނިތަކަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރި ނަމަވެސް އެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ އަަދަދުތަކަށް ބަޖެޓުގައި ފައިސާ ހިމަނާފައިވެސް ނެތް ކަމަށެވެ. އަދި މަޝްރޫއުތައް ފެށި ނަމަވެސް އެއިން މަޝްރޫއެއް ނިންމައިލެވިފައި ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. 

އިތުރަށް ނަރީޝް ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި 57 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއިރު، އެ ފައިސާއިން ކުރެވުނު ކަމެއް ފެންނަން ނެތް ކަމަށެވެ. އެ ފައިސާ ބޭނުންކުރީ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި އެމްޑީޕީއާ ގުޅުންހުރި ފަރާތްތަކަށް ފައިސާ ދީގެން އެ ޕާޓީގެ ކެމްޕެއިނަށް ފައިސާ ހޯދުމަށް ކަމުގައި ނަރީޝް ތުހުމަތުކުރެއްވިއެވެ. 

ނަރީޝް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ފާއިތުވި މުއްދަތުގައި އެމަނިކުފާނުގެ ސަރުކާރަށް ކުރަންޖެހުނު އެންމެ ބޮޑު މަސައްކަތަކީ އެތެރެއާއި ބޭރުގެ ދަރަނި ދެއްކުން ކަމަށެވެ. އަދި މި ސަރުކާރުން ކުރީ ސަރުކާރުތަކުން އުފެއްދި ދަރަނި ބަރާބަރަށް އަދާކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. 

"ކޮން ބައެއްގެ ދަރަނިތޯ އަޅުގަނޑުމެން ދައްކަންޖެހިގެން މިއުޅެނީ. މިވެރިކަމަށް އައި ދުވަހުން ފެށިގެން ހުއްޓުމެއް ނެތި ބޭރަށާއި އެތެރެއަށް ދަރަނި ދެއްކުން ނޫން ކޮން ކަމެއްތޯ އަޅުގަނޑުމެން މިކުރަނީ؟ ފިނޭންސް މިނިސްޓްރީގެ މުވައްޒަަފުންކުރެ ސުވާލުކުރައްވާ ރާއްޖެއިން ބޭރާއި އެތެރޭގެ ދަރަނި ދެއްކުން ނޫން ކޮން ކަމެއްތޯ ކުރަނީ؟ ގައިމު މިއީ ވެރިކަމަށް އައިއިރު އަޅުގަނޑުމެން ހިފައިގެން އައި ދަރަންޏެއް ނޫން،" ނަރީޝް ވިދާޅުވިއެވެ. 

ނަރީޝް ފާހަގަކުރެއްވި ގޮތުގައި ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ކުރީ ސަރުކާރުތަކުގެ ދަރަނި އަދާކުރުމުގެ މުގާބިލެއްގެ ގޮތުގައި ރާއްޖޭގެ ސިޔާދަތާއި މިނިވަންކަން ވިއްކައިނުލައެވެ. ރާއްޖެއަށް ދަރަންޏަށް ފައިސާ ދީފައިވާ ގައުމުތަކާ ވާހަކަދައްކައިގެން ދަރަނި އަދާކުރުމުގައި ލުއި ގޮތްތަކެއް ސަަރުކާރުން ހޯދާފައިވާކަމަށާއި، ކުރިއަށް އޮތް އަހަރު ދައްކަންޖެހޭ ސުކޫކުގެ ޕޭމެންޓު ދެއްކުމާ ގުޅޭ މަޝްވަރާތައް ކުރެވި މިހާރު ގާތްގަނޑަކަށް އެއްބަސްވުމަކަށް ވާސިލުވެވިފައިވާކަމަށް ވިދާޅުވިއެވެ. 

"ސުވާލަކީ ދަރަނި އަދާކުރުމަށް ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ވިއްކައިލާނީތޯ. ދިވެހިރާއްޖޭގެ ޝާނާއި ޝައުކަތު ގެއްލުވައިލާނީތޯ. އެހެނެއްނޫން ޑރ.މުއިއްޒު ކަން ކުރެއްވީކީ. ރައީސް ކަންކުރެއްވި ގޮތަކީ އަޅުގަނޑުމެން ލޯނު ނަގާފައިވާ ގައުމުތަކާ ވާހަކަދައްކައިގެން އެ ލޯނުތައް ރީފައިނޭންސްކުރާނެ ގޮތަކާމެދު އެއްބަސްވީ.،" ނަރީޝް ވިދާޅުވިއެވެ. 

ސަރުކާރުން ބަރާބަރަށް ދަރަނި އަދާކުރަމުންދާކަން ފާހަގަކުރައްވަމުން ނަރީޝް ވިދާޅުވީ، ރައީސް ޑރ.މުއިއްޒު ގެންދަވަނީ ކުރީ ސަރުކާރުގައި ފަށަައި މަޑުޖެހިފައި ހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓަވައިނުލައްވައި ހިންގަވަމުން، ރިޔާސީ އިންތިހާބުގައި އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ތަރައްގީގެ މަސައްކަތްތައްވެސް ފައްޓަވައިގެން ބާރަށް ކުރިއަށްގެންދަވަމުން ކަމަށެވެ. 

"ކޮން ޕްރޮޖެކްޓެއްތޯ ހުއްޓުވައިގެން މައްސަލަޖެހިގެން މިއުޅެނީ؟ އެ ޕްރޮޖެކްޓެއްގެ ވާހަކަ ދައްކަންވީ ނޫންތޯ؟،" މިވެރިކަމުގައި ހުއްޓިގެން އުޅޭ ތަރައްގީގެ މަޝްރޫއެއް ނޯންނާނެކަން ފާހަގަކުރައްވައި، ހުއްޓިފައި އޮތް މަޝްރޫއެއް ދައްކައިދިނުމަށް އިދިކޮޅު ފަރާތްތަކަށް ގޮންޖައްސަވައި ނަރީޝް ވިދާޅުވިއެވެ. 

އިތުރަށް އޭނާ ވިދާޅުވީ ތަރައްގީގެ މަޝްރޫއެއް ހުއްޓިފައި ނެތް ކަމަށެވެ. "ހުއްޓުނީ ވައްކަމުގެ ޕްރޮޖެކްޓު، ލޫޓުވައިލި ޕްރޮޖެކްޓު.،" އިދިކޮޅު އެމްޑީޕީން ނުކުމެ މި ސަރުކާރަށް ލޫޓުވައިލިކަމަށް ތުހުމަތުކުރަނީ އެ ޕާޓީގެ ވެރިކަމުގައި ހިންގި ކޮރަޕްޝަން ހުއްޓުމަކަށް އައުމުންކަމަށް ތުހުމަތުކުރައްވަމުން ނަރީޝް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު