ENGLISH
12 ސެޕްޓެމްބަރު 2025
ދޮންފަނު އުރަފަށުގައި ފީނުމާއި ޑައިވްކުރުން މަނާކުރަން ނިންމި ނިންމުން ބާތިލުކުރަން އަންގައިފި
12 ސެޕްޓެމްބަރު 2025
|
ބ. ދޮންފަނު
ބ. ދޮންފަނު އުރަފަށުގައި ފީނުމާއި ޑައިވްކުރުން މަނާކުރަން އެރަށު ކައުންސިލުން ނިންމި ނިންމުން ބާތިލުކުރަން ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފި އެވެ.
އެލްޖީއޭއިން އެ އެންގުން އަންގާފައި ވަނީ މިރޭ އާންމުކުރި ބަޔާނެއްގަ އެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގައި ގުދުރަތީ ނުވަތަ ތަބަޢީ ގޮތުގައި ދެމެހެއްޓުމަށްޓަކައި ރައްކާތެރިކުރަން ޖެހޭ ތަންތަން ފިޔަވައި އެހެނިހެން ސަރަޙައްދުތައް ވަކި ކައުންސިލެއްގެ އިޙްތިޞާސް ކަމުގައި ކަނޑައެޅިފައިވިޔަސް އެތަންތަނުގައި ޤާނޫނަކުން މަނާ ކަމެއްކަމުގައި ކަނޑައަޅާފައިނުވާ ކަންކަން އިތުރު ހުއްދައަކާއި ނުލައި ކުރުމުގެ ޙައްޤު ދިވެހި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ކަމަށެވެ.
އެހެން ކަމުން ދޮންފަނުގެ އުރަފަތުން ފެށިގެން 700 މީޓަރު ސަރަޙައްދުގައި ފީނުމާއި ޑައިވްކުރުން ވަގުތީ ގޮތުން މަނާކޮށް އެ ރަށު ކައުންސިލުން ނިންމާފައިވަނީ ޤާނޫނާއި ޚިލާފް ނިންމުމެއް ކަމަށް ވަނީ ބުނެފަ އެވެ.
އެލްޖީއޭއިން ވަނީ މިފަދަ ނިންމުންތައް ނިންމުމުގެ އިޙްތިޞާސް ކައުންސިލަށް ލިބިގެން ނުވާތީ ކައުންސިލުން ނިންމާފައިވާ އެ ނިންމުން ބާޠިލުކުރަން ވަނީ އަންގާފަ އެވެ.