ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

މެޑަމް ނަސްރީނާ އިބްރާހިމް ހޮސްޕިޓަލްގައި އެޑްމިޓް ކުރައްވައިފި، ހެޔޮ އެދުމުގެ މެސެޖުތަކަށް ރައީސް މައުމޫންގެ ޝުކުރު

11 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ކުރީގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް -- ފައިލް ފޮޓޯ

ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބަދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އިންފެކްޝަނަކަށް ފަރުވާ ހޯއްދެއްވުމަށްޓަކައި ފާއިތުވި ހަފްތާއިން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ ކަމަށް ރައީސް މައުމޫންގެ އޮފީހުން ހާމަކުރައްވައިފި އެވެ.

އެ އޮފީހުން މިރޭ ވަނީ އެކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ.

"... މާތްﷲ ގެ ހެޔޮރަޙްމަތްފުޅުން މިވަގުތު އެކަމަނާގެ ހާލުކޮޅު ރަނގަޅުވަމުން އަންނަވާހަކަ އުފަލާއެކު ދަންނަވަމެވެ," އެ ބަޔާނުގައިވެ އެވެ.

ބަޔާނުގައި އިތުރަށް ބުނީ މެޑަމް ނަސްރީނާއަށް ފަރުވާ ދެއްވުމުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންނާއި އަދި އެހެނިހެން މުވައްޒަފުން ދައްކަވަމުން ގެންދަވާ އޯގާތެރިކަމާއި، އަޅާލުން އުފަލާއެކު ފާހަގަ ކުރާ ކަމަށެވެ. އަދި މިކަމަށްޓަކައި ރައީސް މައުމޫން އާއި އެމަނިކުފާނުގެ ޢާއިލާ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.

ހެޔޮއެދޭ ފަރާތްތަކުންނާއި، އާންމު ރައްޔިތުންގެ ފަރާތުން ލިބެމުންދާ ހެޔޮދުޢާތަކާއި، މެސެޖުތަކުން ޢާއިލާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބެމުންދާތީ ހުރިހާ ބޭފުޅުންނަށް ވެސް ޢާއިލާގެ ފަރާތުން ވަރަށް އިޚްލާސްތެރިކަމާއެމު ޝުކުރު އަދާކޮށްފައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު