ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

އިސްލާޙުތަކާއެކު މީޑިއާ ބިލުން ހަޤީޤީ މައްސަލަތަކަށް ޙައްލު ލިބޭނެ: ބަންޑާރަ ނާއިބު

11 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ބަންޑާރަ ނާއިބު އަލްއުސްތާޛު އަޙްމަދު އުޝާމް

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާހުތަކާއެކު ރައްޔިތުންގެ ހަޤީޤީ ކަންބޮޑުވުންތަކަށް ފުރިހަމަ ހައްލެއް ލިބިގެންދާނެ ކަމަށް ބަންޑާރަ ނާއިބު އަލްއުސްތާޛު އަޙްމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

އެ ބިލަށް ގެނައުމަށް ބަންޑާރަނައިބުގެ އޮފީހަށް ފެންނަ އިސްލާހުތައް ކޮމެޓީއަށް އިއްޔެ ވަނީ ފޮނުވާފަ އެވެ. އަދި އެ އިސްލާޙުތައް ވަނީ މީޑިއާތަކާއިވެސް ހިއްސާކޮށްފަ އެވެ. ޖުމްލަ 14 އިސްލާޙެއް ހިމެނެ އެވެ. އޭގެތެރޭގައި މީޑިއާތަކާއި ނޫސްވެރީންގެ ކަންބޮޑުވުންތަކަަށް ޙައްލެއް ލިބޭނެ ހުރިހާ ކަމެއް ހިމަނާފައިވެ އެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރަގްރާމްގައި މިރޭ ވާހަކަ ދައްކަވަމުން ބަންޑާރަ ނާއިބު ވިދާޅުވީ ދޮގު ޚަބަރު ފެތުރުމަކީ ހުއްޓުވަން ޖެހޭ ކަމެއްކަން ގިނަ ރައްޔިތުން ދެކޭ ކަމަށާ އެއީ ނޫސްވެރީން ވެސް ބޭނުންވާ ގޮތް ކަަމަށެވެ. އަދި މީޑިއާތައް ރެގިއުލޭޓް ކުރެވެން ޖެހޭ ކަމަށް ގިނަ ނޫސްވެރީންނާއި މީޑިއާތަކުން ދެކޭ ކަމަށެވެ. އެކަމަށް ރައްޔިތުން ވެސް އެދޭކަން ބަންޑާރަ ނާއިބު ފާހަގަ ކުރެއްވި އެވެ.

ބަންޑާރަ ނާއިބު ވިދާޅުވީ މިހާރު އޮތް ބިލަށް ސަރުކާރުން ހުށައަޅާފައިވާ އިސްލާޙުތަކާއެކު މިހާރު އޮތް ހަޤީޤީ މައްސަލަތަކަށް ޙައްލު އަންނާނެ ކަމަށެވެ. 

މިރޭގެ ޕްރަގްރާމްގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވީ މީޑިއާ ބިލްގައި ހުރި ކަންބޮޑުވުންތަކަށް ޙައްލު އަދިވެސް ލިބޭނެ ކަމަށެވެ. އެ ބިލް މިހާރު އޮތްގޮތަށް ފާސްކުރަން ސަރުކާރުން އެއްވެސް އިރަކު މަސައްކަތް ނުކުރާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އެއީ އަމިއްލަ މެންބަރަކު ހުށައަޅާފައިވާ ބިލެއް ކަަމަށާ އެ ބިލް އިސްލާޙުކުރަން ސަރުކާރުން މުހިންމު އިސްލާހުތަކެއް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ ބިލާމެދު ފުރަތަމަ ކަންބޮޑުވުން ފާޅުކުރި ގިނަ ނޫސްވެރީން އެގޮތަށް ވާހަކަ ދެއްކީ ހަޤީޤީ މައުލޫމާތު ނުލިބި ކަމަށެވެ.

"ނޫސްވެރީން އޭރަކު އެ ބިލެއް ނުކިޔާ. އެހެންވީ ބަޔަކު އެ ބޭފުޅުންނަށް ނުރަނގަޅު މަޢުލޫމާތުތަކެއް ދީގެން," މިނިސްޓަރު އަސްވާޑު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހުށައެޅި އިސްލާހުތަކާއެކު އެ ބިލަކީ ޖުމްލަކޮށް ރަނގަޅު ބިލަކަށް ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު