ENGLISH
11 ސެޕްޓެމްބަރު 2025
ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި
11 ސެޕްޓެމްބަރު 2025
|
ދިވެހި ފުލުހުންގެ އިދާރާ --
ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ޝަރީޢަތް ހިނގަމުންދާ މައްސަލައެއްގައި ހެއްކަން ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގެ ތަޙުޤީޤު ހިންގަމުންދާ ކަމަށެވެ. އެ ތަޙުޤީޤާއި ގުޅިގެން މާލޭގައި ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ހިންގާފައިވެ އެވެ.
އަދި ބުނީ މި މައްސަލައާ ގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ. އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ތަން ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސްކޮށް ޑިޖިޓަލް ޑިވައިސްތަކެއް ހިފަހައްޓާފައިވެ އެވެ. އަދި އޭގެ އިތުރުން މި މައްސަލައިގެ ތުހުމަތުގަައި އިތުރު ދެ މީހެއްގެ ޑިޖިޓަލް ޑިވައިސްތައް ވެސް ކޯޓް އަމުރެއްގެ ދަށުން ވަނީ ހިފަހައްޓާފައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ވެސް ބުންޏެވެ.