ENGLISH
05 ޖުލައި 2025
ހުޅުމާލޭ ޖަލުގައި ގައިދީންގެ އާއިލާތަކާ ބައްދަލުކުރާ ގެއެއް ހުޅުވައިފި
26 ނޮވެމްބަރު 2024
|
އާއިލީ ބައްދަލުކުރާ ގޭގައި ހަދާފައިވާ ކިޑްސް ކޯނާރ
ހުޅުމާލޭ ޖަލުގައި ގައިދީންގެ އާއިލާތަކާ ބައްދަލުކުރާ ގެއެއް ރަސްމީކޮށް ރޭ ހުޅުވައިފިއެވެ.
މި ގެ ހުޅުވައިދެއްވީ ކެލާ ދާއިރާގެ މަޖިލިސް މެމްބަރު ޢަބްދުﷲ ޝަރީފެވެ.
އާއިލާ އާ ބައްދަލުކުރާ ގެ ހުޅުވުމުމަށް ބޭއްވި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އިބްރާހިމް މުޙައްމަދު ދީދީ، ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ ޑެޕިއުޓީ ސުޕްރިންޓެންޑަންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ، ހުޅުމާލެ ޖަލުގެ ސީނިއަރ މެނޭޖްމަންޓާއި އެޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން މައުލޫމާތު ދިން ގޮތުގައި އަލަށް ތަރައްގީކޮށް ހުޅުވި ތަނުގައި ފަހަރަކު ތިން ގައިދީންނަށް އެމީހުންގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުޞަތު ލިބޭނެ ކަމަށެވެ.
މީގެއިތުރުން ގައިދީންނާއި ބަންދުގައި ތިބޭ މީހުންނަށް ބައްދަލުކުރުމަށް ޢާއިލާއާ އެކު އަންނަ ކުޑަކުދިން ވާހަަކަ ކިއުމާއި ކުޅުމަށް ޙާއްސަ ކުރެވިގެން ހަދާފައިވާ ކިޑްސް ކޯނާރ އެއްގެ އިތުރުން ބައްދަލުކުރާ ގެއާ އިންވެގެން ވެއިޓިންގ ރޫމެއް ވެސް ވަނީ ޤާއިމްކޮށްފައެވެ. މިއީ އާއިލާއިން ބައްދަލުކުރުމަށް ހާޞިރުވާ މީހުން މަޑުކުރުމަށާއި އެހެނިހެން ބޭނުންތަކުގައި ޖަލަށް ޒިޔާރާތް ކުރާ ފަރާތްތައް މަޑުކުރުމަށް ޤާއިމްކޮށްފައިވާ ތަނެކެވެ.
ބައްދަލު ކުރާގެ ޤާއިމްކުރުމާ އެކު ގައިދީންނަށާއި ބަންދުގައި ތިބޭ މީހުންނަށް ފޯރުކޮށްދެވޭ އާއިލީ ބައްދަލުވުމުގެ އަދަދު އިތުރުވެގެންދާނެ ކަމަށް ވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވިއެވެ.