ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

ތިލަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް: މީހެއްގެ ގައިގައި ލޮރީން ޖެހި ސީރިއަސް ހާލަތުގައި

11 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ކ. ތިލަފުށި

އިންޑަސްޓްރިއަލް މަސައްކަތްތަކަށް ޚާއްސަ ތިލަފުށީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

މިއަދު މެންދުރު 2:15 ހާއިރު ހިނގި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުން ބުނީ ތިލަފުށީގައި އެކްސްކަވޭޓާ އެއް ކައިރީގައި މަސައްކަތް ކުރަން ހުރި މީހެއްގެ ގައިގައި ލޮރީއަކުން ޖެހި ވެއްޓި އެ މީހާގެ ގައިމަތީން ލޮރީ ގޮސްފައިވާ ކަމަށެވެ.

ލޮރީން ޖެހި އެކްސިޑެންޓްވެ އަނިޔާވެފައިވަނީ ލަންކާއަށް ނިސްބަތްވާ ފިރިހެނަކަށެވެ. އެމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ކަމަށާ އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ވެސް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުންޏެވެ.

އެކްސިޑެންޓްވީ ލޮރީ ދުއްވަން އިނީ އިންޑިއާ މީހެކެވެ. ފުލުހުން ބުނީ އެ މީހާ ހައްޔަރުކޮށް ލޮރީ ޓޯ ކޮށްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު