ENGLISH

11 ސެޕްޓެމްބަރު 2025

Advertisement

"ލޯ މަރާލަން ޖެހޭނޭ" ގެ ނަމުގައި ސަލަފް ޖަމިއްޔާ އިން މާލޭގައި ދަރުހެއް ބާއްވަނީ

11 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ޢާންމުންނަށް ހުޅުވާލައިގެން މާދަރޭ މާލޭގައި ބޮޑު ދަރުހެއް ބޭއްވުމަށް ޖަމިއްޔަތުއް ސަލަފުން ނިންމަފި އެވެ.

ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރު ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއިން ސިލްސިލާކޮށް ގެނެސްދޭ ދަރުސްތަކުގެ ތެރެއިން "ލޯ މަރާލަން ޖެހޭނޭ" ގެ ނަމުގައި މާދަމާ ރޭ 9 ޖަހާއިރު އާޓިފިޝަލް ބީޗުގައި ބާއްވާ ދަރުސް ދެއްވާނީ ސަލަފް ޖަމިއްޔާގެ ޢިލްމުވެރިންގެ މަޖިލީހުގެ ވަކީލު، އައްޝައިޚް ޢަބްދުއްސަލާމް ދާވޫދު އެވެ.

މި ދަރުސް ޖަމްޢިއްޔަތުއްސަލަފްގެ ދާރިސްޓީވީން ވަޤުތުން ދައްކާގޮތަށް ހަމަޖެހިފައިވާއިރު، ޖަމްޢިއްޔަތުއްސަލަފްގެ ރަސްމީ ފޭސްބުކް ޕޭޖްއިން ވެސް ދަރުސް ލައިވްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ޚާއްޞަ ދަރުހަށް ޙާޟިރުވެ ވަޑައިގަތުމަށާއި، އަދި އެކަމަށް ޢުޒުރުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ޓީވީ އަދި ފޭސްބުކް މެދުވެރިކޮށް ދަރުސް އަޑުއެއްސެވުމަށް އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް ޖަމްޢިއްޔަތުއްސަލަފުން ދަޢުވަތު އަރުވައެވެ.

ކިޔުންތެރިންގެ ހިޔާލު