ENGLISH
11 ސެޕްޓެމްބަރު 2025
އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން ހަސަން ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ހައްޔަރުކޮށްފި
11 ސެޕްޓެމްބަރު 2025
|
އެމްޑީޕީ އެކްޓިވިސްޓް ހުސައިން
އެމްޑީޕީގެ އެކްޓިވިސްޓް ހުސައިން ހަސަން ފުލުހުންގެ ވާޖިބަށް ހުރަސް އަޅައިގެން ހައްޔަރުކޮށްފި އެވެ.
ފުލުހުން ދެންމެ ބުނީ ހުސައިން ހަސަން ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މަަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ގެންދިޔަ ސީނެއްގެ ތެރެއަށް ވަދެ ފޮޓޯ/ވީޑިއޯ ނަގަން ފެށުމުން ފުލުހުންގެ މަސައްކަތަށް ދަތިނުވާ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެެރިވުމުން އެކަމަށް ޖަދަލުކޮށް ފުލުހުންގެ އެންގުމާއި ހިލާފަަށް ސީންގެ ތެރެއަށް ވަދެ އެވިޑެންސްގެ ފޮޓޯ ނަގަން މަސައްކަތްކޮށްފައިވާތީ ކަމަށެވެ.
އޭނާއަށް އޮތީ އަމުރަށް ނުކިޔަމަންތެރިވެ ވާޖިބަށް ހުރަސްއެޅުމުގެ ތުހުމަތެވެ.
މި ފަހުން ރައީސް މުޢިއްޒު، ރައީސް އޮފީހުން ރަސްމީގެކޮޅަށް ވަޑައިގެން ވަގުތު ނޫސްވެރީން އެމަނިކުފާނާއި ސުވާލުކުރަމުން ދިޔަ ވަގުތު ނޫސްވެރިއެއްގެ ގޮތުގައި އެ ސަރަޙައްދަށް ގޮސް އަޑުގަދަކޮށްފައިވެ އެވެ.
އޭނާ އަކީ ކުރީން ނޫސްވެރިއެއް ނަމަވެސް މިހާރު އެއީ އެމްޑީޕީގެ މެންބަރަކެވެ.