ENGLISH
10 ސެޕްޓެމްބަރު 2025
ޕެންޝަން ލިބޭ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން އިނާޔަތް މެދުކެނޑޭނެ ގޮތް ހަދަނީ
10 ސެޕްޓެމްބަރު 2025
|
ސަރުކާރުގެ އެންމެ ގިނަ އިދާރާތައް ހިންގާ އޮފީސް އިމާރާތް --
ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ޤަވާޢިދު އިސްލާހު ކުރަން ނިންމައިފި އެވެ.
އެ ނިންމެވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ޢިއުލާނު ކުރައްވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއްހަމަ ކުރުމަށްޓަކާ ޤާނޫނުތަކާއި ޤަވާއިދުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަަމަށެވެ.
އެގޮތުން ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި އެ އިނާޔަތް މެދުކަނޑާލަންޖެހޭ ގޮތަށް ޤަވާޢިދުތައް އިސްލާޙު ކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
ދައުލަތުގެ ވަޒީފާއަކުން ރިޓަޔަރވުމުން ޕެންޝަން އިނާޔަތް ލިބެމުންދާ ފަރާތެއް އަލުން ދައުލަތުގެ ވަޒީފާއަކަށް އައުމުން، ވަޒީފާގައި ހުންނަ މުއްދަތުގައި ވެސް އެ އިނާޔަތް ލިބެމުންދާތީ އެއީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އެކަމުގެ ކަންބޮޑުވުންވެސް ޢާންމުންގެ ތެރޭގައި ބޮޑެވެ.