ENGLISH
10 ސެޕްޓެމްބަރު 2025
ހެޔޮ ބަދަލެއް: އެސްޓީއޯއިން މޭވާއާ ތަރުކާރީ އަދި މުގާއި ބިހާއި އަލުވި އެތެރެކޮށް ހެޔޮ އަގުގައި ވިއްކަން ފެށުމަށް ކެބިނެޓުން ނިންމައިފި
10 ސެޕްޓެމްބަރު 2025
|
ރައީސް މުޢިއްޒު ކެބިނެޓް ބައްދަލްވުމުގައި
ދިވެހިރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރެއްވުމަށް މުހިންމު ނިންމެވުންތަކެއް ކެބިނެޓްގެ މަޝްވަރާއާއެކު މިއަދު ނިންމަވައިފި އެވެ.
އެ ނިންމެވުންތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިޢުލާނު ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ފުޑް ސެކިޔުރިޓީ ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ސިޔާސަތު ތަންފީޒުކުރެއްވުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ތެރެއިން ރާއްޖޭގައި ޒަމާނުންސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން ބައެއް ބާވަތްތައް ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ މެދުވެރިކޮށް އެތެރެކޮށް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ 10 ބާވަތުގެ މޭވާ އާއި 10 ބާވަތުގެ ތަރުކާރީ އަދި މުގު، ބިސް، އަލުއި އެސްޓީއޯއިން ގަނޑުކޮށް އެތެރެކޮށް ރާއްޖޭގެ ބާޒާރުގައި ވިއްކަން ފެށުމަށް ކެބިނެޓުގެ މަޝްވަރާއާއެކު މިއަދު ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ނިންމުމާއެކު އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހުސްނުވެ ލިބުމަށް މަގުފަހިވާނެ އެވެ. އަދި ތަކެތީގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރެވި ހެޔޮ އަގުގައި އަސާސީ ކާބޯތަކެތި ލިބުމަށް މަގުފަހިވާނެ އެވެ.
ސަރުކާރުން މި ފިޔަވަޅު އެޅުއްވިއިރު ބައެއް ވިޔަފާރިތަކުން ރާއްޖެއަށް އެތެރެކުރަމުން އައި ބައެއް ބާވަތްތަކުގެ މޭވާއާ ތަރުކާރީގެ އަގުތައް ވަނީ ވަަރަށް ބޮޑަށް އުުފުލިފަ އެވެ. އެކަމުގެ ސަބަބުން ރައްޔިތުންނަށް ވަނީ މާލީ ގޮތުން ބޮޑު ތަކުލީފެއް އުފުލަން ޖެހިފަ އެވެ.
އެފަދަ ހުރިހާ ކަމަކަށް ހައްލު ގެނައުމަށް ސަރުކާރުން ދަނީ ފުރިހަމަ އިންތިޒާމެއްގެ ދަށުން ގިނަ މަސައްކަތްތަކެއްކޮށް ފިޔަވަޅުތައް އަޅުއްވަމުންނެވެ. އެފަދަ ކޮންމެ ފިޔަވަޅެއް އެޅުއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްކުރައްވަނީ ރައްޔިތުންގެ މަސްލަހަތެވެ.