ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ދޮޅުމަސްތެރޭ ސަރުކާރުން 2000 އަށް ވުރެ ގިނަ އައިނު ހައްދައިފި

10 ސެޕްޓެމްބަރު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

ސަރުކާރުން ފޯރުކޮށްދެއްވާ ޞިއްޙީ ޚިދުމަތްތަކުގެ ތެރޭގައި ހިމެނިގެން އައިނު ހެއްދުމުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށްޓަކައި އައިޖީއެމްއެޗްގައި ގާއިމުކުރެވުނު އައިނު ފިހާރައިން މިހާތަނަށް 2994 މީހުން ޚިދުމަތް ހޯދާފައިވާކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ބުނެފިއެވެ.

އައިނު ހެއްދުމަށް އާސަންދައިން ދޫކުރާ މިންވަރު 2000 ރުފިޔާއަށް މަތިކޮށްދެއްވައި، ރަނގަޅު ފެންވަރުގެ އައިނު، ލުއިފަސޭހަކަމާއެކު، ހެޔޮއަގުގައި ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އައިނު ވިޔަފާރި ފައްޓަވާނޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ މޭ މަހުގެ 31 ގައެވެ.

ދައުލަތުގެ މީިޑިއާއަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް މައުލޫމާތު ދިންގޮތުގައި، އައިޖީއެމްއެޗްގައި ޖުލައި މަހުގެ 27 ވަނަ ދުވަހު ހުޅުވި އައިނު ފިހާރައިން މިހާތަނަށް 3200 މީހުން ޚިދުމަތް ހޯދިއެވެ.

އައިނު ހެއްދުމަށް އޮތް ބޮޑު ޑިމާންޑާއެކު އައިޖީއެމްއެޗްގެ އައިނު ފިހާރައަށް މިހާރުވަނީ އިތުރު މެޝިނެއް ގެނެސްފައެވެ. އެވްރެޖްކޮށް ދުވާލަކު 35 އައިނާއި 40 ދެމެދު މިހާރު އައިނު ހަދަމުންދާއިރު މިމެޝިނާއެކު އައިނު ހެއްދުން ކުރިއަށް އޮތްތަނުގައި ދެގުނަ އިތުރުވެގެންދާނެއެވެ.

އެމްސީޖީއެޗް އޮޕްޓިކަލްސްގެ ޚިދުމަތް ދޭނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ރޭގަނޑު 10:00 އަށެވެ. އަދި އެމްސީޖީއެޗް އޮޕްޓިކަލްސްއިން ދޭ ޚިދުމަތަކާ ގުޅޭ މަޢުލޫމާތު، 3335150 އަށް ގުޅައިގެން ހޯދޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު