ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ޕެންޝަން އޮފީހުން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް ފަށައިފި

10 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

ކުރުނބާ މޯލްޑިވްސްގައި ކުރިއަށްދާ މޯލްޑިވްސް ފައިނޭންސް ފޯރަމް. ފޮޓޯ: ޕެންޝަން އޮފީސް

ޕެންޝަން އޮފީހުން ކޮންމެ އަހަރަކު އިންތިޒާމުކުރާ "މޯލްޑިވްސް ފައިނޭންސް ފޯރަމް" ކުރުނބާ މޯލްޑިވްސްގައި މިއަދު ހެނދުނު ފަށައިފިއެވެ. 

މޯލްޑިވްސް ފައިނޭންސް ފޯރަމަކީ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ފޯރަމެކެވެ. މިއަހަރުގެ ފޯރަމް ހާއްސަކޮށްފައިވަނީ "ބިލްޑިން އަ ރެޒިލިއެންޓް އެންޑް އިންކްލޫސިވް ކެޕިޓަލް މާކެޓް" ޝިއާރަށެވެ. 

ފޯރަމްގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވެވަޑައިގަންނަވައެވެ. ޖުމްލަ 110 ބައިވެރިންނާއެކު ބާއްވާ ފޯރަމްގައި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރުމާއެކު، ރާއްޖެއަށް އިޤްތިޞާދީ ކުރިއެރުން ގެނެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މާލީ ވަޞީލަތްތަކުގެ މަޝްވަރާއާއި އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާތަކުގެ މުސްތަޤްބަލާއި ގުޅޭގޮތުން ވެސް ފޯރަމްގައި މުހިއްމު މަޝްވަރާތަކެއް ކުރިއަށްދާނެއެވެ. އަދި، ރާއްޖޭގެ ކެޕިޓަލް މާކެޓުގައ ވިޔަފާރިތަކަށާއި އިންވެސްޓަރުންނަށް އަދި އާއްމު ފަރުދުންނަށް ހުރި ފުރުސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ހަަމަޖެހިފައިވެއެވެ. 

ފައިނޭންސް ފޯރަމް ފަށްޓަވާދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗެއަރޕާސަން ޑރ. އަޙްމަދު އިނާސް ވިދާޅުވީ، ރާއްޖޭގެ ސްޓޮކް އެކްސްޗޭންޖް 2008 ވަނަ އަހަރު ތައާރަފްކުރުމާއެކު، ވިޔަފާރިކުރުމުގެ ބާޒާރަށް ޚާއްޞަ މަންސައެއް އިތުރުވެގެންދިޔަ ކަމަށެވެ. އެއާއެކު މާލީ ބާޒާރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި މިހާރު މާލީ ބާޒާރުގެ މާކެޓް ކެޕިޓަލައިޒޭޝަން 34 ބިލިއަނަށްވުރެ އިތުރުވެފައިވާކަމަށް އިނާސް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު