ENGLISH
10 ސެޕްޓެމްބަރު 2025
ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެއްޖެ
10 ސެޕްޓެމްބަރު 2025
|
އެކްސިޑެންޓްގައި ސައިކަލު ބަހުގެ ދަށުވެފައި --
ސިނަމާލެ ބްރިޖާއި ގުޅިފައިވާ ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ ތިން މީހަކަށް އަނިޔާވެއްޖެ އެވެ.
އެކްސިޑެންޓް ހިނގީ މިރޭ 9:36 ހާއިރު އެވެ. ފުލުހުން ބުނީ ހައިވޭގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ބަހެއްގެ ދެމެދުން އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ. އަދި ބަހުގެ މެދާއި ދިމާލުން އެ ސައިކަލު ދަށުވެ ބާރު ސްޕީޑްގައި ދުއްވި ސައިކަލު މަގުގެ އެއް ފަރާތުގައި މަޑުކޮށްގެން ތިބި ބްރިޖް ޕެޓްރޯލް ބީޓްގެ ސައިކަލުގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.
މި އެކްސިޑެންޓްގައި ބާރު ސްޕީޑްގައި ސައިކަލު ދުއްވި މީހާއާއި އަނެއް ސައިކަލު ދުއްވި މީހާ އަށާއި އެ ސައިކަލުގެ ފަހަތުގައި އިން 15 އަހަރުގެ އަންހެން ކުއްޖަކަށް ވަނީ އަނިޔާވެފަ އެވެ. އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެ އެވެ.
ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވި ސައިކަލު ޓޯ ކޮށް މައްސަލަ ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.