ENGLISH
10 ސެޕްޓެމްބަރު 2025
އެމްނެޓްސްގެ އޯޕަން ޑޭ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
10 ސެޕްޓެމްބަރު 2025
|
އެމްނެޓްސްގެ އޯޕަން ޑޭ ގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި --
މޯލްޑިވްސް ނޭޝަނަލް އެއާޓްރެފިކް ސާވިސް (އެމްނެޓްސް)ގެ "އޯޕަން ޑޭ"ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
އެމްނެޓްސްގެ ދެވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށް ގެންދަން ނިންމާފައިވާ މި ހަރަކާތް އޮންނާނީ 20 ސެޕްޓެންބަރު ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 5:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.
މި ހަރަކާތުގެ މަޤްސަދަކީ އެމްނެޓްސް އިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ ކުންފުނީގެ އެކި ފެސިލިޓީތައް ބަލާލުމުގެ ފުރުސަތު ފަހިކޮށްދިނުމާއެކު ގައުމީ އެއާ ނެވިގޭޝަން ސާވިސްގެ އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ކިޔައިދިނުން ކަމަށް އެމްއޭސީއެލް އިން ބުންޏެވެ.
އެމްނެޓްސް "އޯޕަން ޑޭ" ގައި ބައިވެރިވުމަށް 200 ފަރާތަކަށް ފުރުސަތު ހުޅުވާލާފައިވާއިރު, ހަރަކާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާންޖެހޭނެ އެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ 11 ސެޕްޓެމްބަރު ނިޔަލަށެވެ. ނަމަވެސް "އޯޕަން ޑޭ" އަށް ކަނޑައަޅާފައިވާ ޖާގަ ހަމަވުމުން ރަޖިސްޓްރޭޝަން ބަންދު ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.