ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ތ. މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން އާރުޑީސީއަށް

09 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން އާރުޑީސީއާ ހަވާލުކުރުން --

ތ. މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކުރުމަށް މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.  މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ ޑިޒައިން އެންޑް ބިލްޑް އުސޫލުގެ ދަށުން ތ. މަޑިފުށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އެއްބަސް ވުމުގައި އެ މިނިސްޓްރީއާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައި ކަމަށެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ މުހިންމު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ ވައުދުފުޅާއި އެއްގޮތަށް މިހާރުވެސް ވަރަށް ގިނަ ރަށްރަށުގެ މަގުތައް ހެދުމަށް ވަނީ ހަވާލުކޮށްފަ އެވެ. މަގު ހެދުމުގެ މަސައްކަތްތައް ބައެއް ރަށްރަށުގައި އާރުޑީސީން ވަރަށް ހަލުވި ސްޕީޑެއްގައި ދަނީ ކުރަމުންނެވެ.

ރައީސް ވިދާޅުވީ ރަށްރަށުގެ މަގުތައް ތަރައްޤީ ކުރާނީ ރައްޔިތުންގެ ފުރިހަމަ ޚިޔާލާއި މަޝްވަރާ ހޯދައިގެން ރައްޔިތުން އެދޭ ގޮތެއްގެ މަތީން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު