ENGLISH

03 ނޮވެމްބަރު 2025

Advertisement

މިސްކިތް އެޅުމަށް ބިން ހޯދުމަށް ފަހު، މަސައްކަތް ނުނިންމާ މައްސަލަ ހައްލުކުރަން ހަރުދަނާ އުސޫލެއް ކަނޑައަޅައިފި

09 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު --

އަމިއްލަ ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީވެ އެ މައްސަލަ ހައްލު ކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ކަނޑައަޅައިފި އެވެ.

އެ ސިޔާސަތުތައް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ވަނީ ހާމަކޮށްފަ އެވެ. އެ ވުޒާރާ އިން ބުނީ އަމިއްލަ ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީވެ މިކަމުގެ ސަބަބުން ރައްޔިތުން ނަމާދުކުރުމަށް އެކި ސަރަހައްދުތަކުގައި ނުހަނު ތަކުލީފު އުފުލަމުންދާ ކަމަށެވެ.

އެހެން ކަމުން ކުރިއަށް އޮތްތަނުގައި މިކަމަށް ހައްލު ހޯދުމަށްޓަކައި އެ ވުޒާރާ އިން ވަނީ ސިޔާސަތު ތަކެއް ކަނޑައަޅާފައި ކަމަށް ބުންޏެވެ. އެގޮތުން ކަނޑައަޅާފައިވާ ކަންކަން ވެސް ވަނީ ހާމަކޮށްފަ އެވެ.

* މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް 2 އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުން.

* ⁠ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުވުން. މި މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލުން.

* ⁠އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގުން.

* ⁠އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ނުކުރުން.

* ⁠މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ޙަވާލުކުރުން.

* ⁠މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުން.

މިފަދަ އުސޫލެއް ހެދުމަކީ ރައްޔިތުން ވަރަށް ބޮޑަށް އެދެމުންދިޔަ ކަމަށެވެ. މިސްކިތް އެޅުމަށް ހުޅުމާލެއާ އަތޮޅުތެރޭގެ ބައެއް ރަށްރަށުން ބިން ހޯދުމަށް ފަހު ބައެއް ކުންފުނިތަކުން އެތައް އަހަރެއްވާއިރު ވެސް މަސައްކަތް ނުނިންމަ އެވެ. އަދި އެ ބިންތައް އެހެން ކަންކަމަށް ބޭނުން ކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު