ENGLISH
03 ނޮވެމްބަރު 2025
ޔާމީނާއި އެންމެ އަރިހުގައި ހުންނެވި ވައްޑެ: ރައީސްގެ ދެކަނބަލުންނާއި ގުޅޭގޮތުން ދެެއްކެވި ދޮގު ވާހަކަތަކަށް މަޢާފަށް އެދިއްޖެ
09 ސެޕްޓެމްބަރު 2025
|
ޕީއެންއެފްގެ ޖަލްސާއެއްގައި ވައްޑެ ބައިވެރިވަނީ --
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދާއި ގުޅޭގޮތުން ދެއްކެވިފައިވާ ފިތުނަވެރި އަދި ހަޤީޤަތާއި ޚިލާފު ވާހަކަތަކަށް, ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފްގެ އިސް ބޭފުޅެއް ކަމަށްވާ އަހުމަދު މުހައްމަދު ވަހީދު ( ވައްޑެ) މަޢާފަށް އެދިވަޑައިގެންފި އެވެ.
ޕީއެންއެފްގެ ފެންޑާ ޖަލްސާތަކުގައި ވައްޑެ ވަނީ ރައީސް މުޢިއްޒުގެ ދެކަނބަލުންނާއި ގުޅޭގޮތުން އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ދައްކަވާފަ އެވެ.
އެކަން ޤަބޫލުކުރައްވާ އޭނާ މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ތިމާއަށް ގޯހެއް ހެދިއްޖެކަން އިޙްސާސް ކުރެވޭ ޙާލަތުގައި އެފަދަ ގޯސްތައް ރަނގަޅު ކުރުމާއި، އެފަދަ ގޯހެއްގައި އެހެން މީހެއްގެ ޙައްޤަކަށް އުނިކަން ލިބިދާނެފަދަ ޢަމަލެއް ހިމެނޭނަމަ ވަގުތު ފާއިތު ނުވަނީސް އެފަދަ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދުމަކީ މީހާގެ ނިކަމެތިކަމެއް ނޫން ކަމަށެވެ. އަދި އެއީ ޤައުމުގެ އިޖުތިމާޢީ ފޭރާން ހިފެހެއްޓުމުގައި ފަރުދީގޮތުން އަދާ ކުރެވޭނެ އެންމެ ކުޑަ މިންވަރު ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިޔާސީ އެކި މަޙައްލުތަކުގައި ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އާއި ފަސްޓްލޭޑީ ސާޖިދާ މުޙައްމަދުއާ ގުޅުވައި ދެއްކިފައިހުރި ވާހަކަތަކާއިމެދު ހިތާމަކުރާ ކަމަށެވެ. އެހެން ކަމުން ރައީސްގެ ދެކަނބަލުންނާއި ޢާއިލާގެ ކިބައިން އެދެނީ ދީލަތި މަޢާފަކަށް ކަމަށް ވިދާޅުވި އެވެ.
"..ސިޔާސީ ޖޯޝު ހުންނަ މީހެއްގެ ޙައިޞިއްޔަތުން އަޅުގަނޑު އެފަދަ ވާހަކަތައް ދެއްކީ އަޅުގަނޑަށް އޭރު ލިބުނު މަޢުލޫމާތުތަކަކަށް ބިނާކޮށް ކަމުގައި ވީނަމަވެސް، މިހާރު އަޅުގަނޑަށް ކަށަވަރު ކުރެވިފައިވަނީ އެއީ ޙަޤީޤަތާއި މުޅިން ޚިލާފު މަޢުލޫމާތުތަކެއްކަން," ރައީސްގެ ދެކަަނބަލުންނާއި ގުޅޭގޮތުން ދެއްކެވިފައިވަނީ ދޮގު ވާހަކަތަކެއްކަން ހާމަކުރައްވާ ވައްޑެ ވިދާޅުވި އެވެ.
އަދި ވިދާޅުވީ ސިޔާސީ ދާއިރާއަށް ކިތަންމެ ޝައުޤެއް ހުއްޓަސް، އަނެކާގެ އަބުރު ޤަސްތުގައި ނަގާލުމާއި ފިތުނަ ފަސާދަ އުފެއްދުމަކީ އޭނާ ނަފްރަތު ކުރާކަމެއް ކަމަށެވެ.
އޭނާ ހިމެނޭހެން ކުރައްވާ އިލްތިމާސަކީ ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވާ ހުރިހާ ފަރާތަކުންވެސް މި ޤައުމުގެ މައްސަލަތަކަށް ފޯކަސް ކުރައްވައި، ޙަސަދަވެރިކަމުގައި މީހުންނަށް ޓާގެޓްކުރުން ހުއްޓާލުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ކުރިއެރުމެއް އޮތީ އޭރުން ކަަމަށް ވިދާޅުވި އެވެ.
ސިޔާސީ މަޤްސަދެއް ހާސިިލުކުރުމަށް ދޮގު ވާހަކަތައް ދެއްކުމާއި އެފަދަ ވާހަކަތައް ފެތުރުމާއި މީހުންގެ އަބުރަށް އަރައިގަނެ މީހުންގެ ޒާތީ ކަންކަމާއި ގުޅޭގޮތުން ހިތަށް އެރި ވާހަކަތަކެއް ދެއްކުން އޮތީ އާންމު ކަމަކަށް ހަދާފަ އެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރޭގައި ވެސް އަދި ވެރިކަމަށް ވަޑައިގެން ވެސް އެފަދަ ޢަމަލުތައް ނުކުރެއްވުމަށް ހުރިހާ ފަރާތްތަކަށް ތަކުރާރުކޮށް އިލްތިމާސް ކުރައްވާފަ އެވެ.
ވާދަވެރީން ކިތަންމެ ދޮގު ވާހަކަތަކެއް ދެއްކި ނަމަވެސް އެފަދަ ބޭފުޅުންނަށް ރައްދު ދެއްވާ އެފަދަ މޭރުމަކުން ރައީސް ވާހަކައެއް ނުދައްކަވަ އެވެ. އެކަން ވަރަށް ގިނަ ރައްޔިތުން ފާހަގަ ކުރެ އެވެ.