ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ހިންމަފުށީ ޑްރަގު ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުންގެ އޮޕަރޭޝަނެއް ހިންގައިފި

09 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ހިންމަފުށީގައި ހުންނަ ޑްރަގް ޓްރީޓްމަންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގައި ފުލުހުންގެ އޮޕަރޭޝަނެއް ފަށައިފި އެވެ.

މީޑިއާތަކާ ފުލުހުން ހިއްސާކުރި މެސެޖެއްގައި ބުނީ ޑްރަގު ރިހެބިލިޓޭޝަން ސެންޓަރުގައި ހަރަކާތްތެރިވަމުން ދަނީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓުގެ ޓީމެއް ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަންއާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މައުލޫމަތު ލިބިފައިވާ ގޮތުގައި ހިންމަފުށީ ޑްރަގު ރިހެބިލިޓޭޝަން ސެންޓަރުގައި ޑްރަގު އެންފޯސްމެންޓުން ހަރަކާތްތެރި ވަނީ އެ ސެންޓަރަށް ފޯނެއް ވެއްދިކަމުގެ ތުހުމަތުގަ އެވެ.

ނޭޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ގެ ދަށުގައި ހުންނަ ހިންމަފުށީ ޑްރަގު ރިހެބިލިޓޭޝަން ސެންޓަރުގައި ދޭތެރެދޭތެއިން ފުލުހުންގެ އޮޕަރޭޝަންތައް ހިންގަ އެވެ.

ކިޔުންތެރިންގެ ހިޔާލު