ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

ރައީސް، ޕޯސްޓް ލިމިޓެޑްގެ 119 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފި

09 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

މިއަހަރުގެ ޤައުމީ ދުވަހުގެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ 119 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޕޯސްޓް ލިމިޓެޑްގެ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވީ މިއަދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. 

"ދިވެހިރާއްޖޭގެ ކުރިއެރުމާއި، މުޥާޞަލާތާއި، އިޤްތިޞާދުގައިވެސް ޒަމާންތަކަށް ދެމިހުންނާނެ އަގުހުރި ޚިދުމަތްތަކެއް ޕޯސްޓްގެ ޒަރީޢާއިން ވަނީ ފޯރުކޮށްދީފަައި" - ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު

މިދިޔަ 119 އަހަރު ޕޯސްޓްގެ ޚިދުމަތް ރާއްޖޭގައި ދެއްވަން އިސްވެ ތިއްބެވި ވެރީންނާއި މުވައްޒަފުންނާމެދު ޤައުމު ފަޚުރުވެރިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ޕޯސްޓް ޚިދުމަތުގެ އެހާރާއި މިހާރު ޓީމަށް އަހަރީ ދުވަހުގެ ޝުކުރާއި ހެޔޮއެދުން ރައީސުލްޖުމްހޫރިއްޔާ އަރިސްކުރެއްވިއެވެ. 

ރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފެށީ 1906 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ހުޅުވި ޕޯސްޓް އޮފީހާއެކު ފެށިގެން އައި ޕޯސްޓުގެ މަސައްކަތް ފުޅާކޮށް ރާއްޖޭގައި މިހާރު އެ ޚިދުމަތް ދެނީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުންނެވެ. 

ކިޔުންތެރިންގެ ހިޔާލު