ENGLISH

03 ނޮވެމްބަރު 2025

Advertisement

އައިލެންޑް އޭވިއޭޝަންގެ އާ އޮފީސް އިމާރާތުގެ ބިންގާ އަޅައިފި

09 ސެޕްޓެމްބަރު 2025

|

މަރިޔަމް މިލްޒަމް މަސްޢޫދު

އައިލެންޑް އޭވިއޭޝަންގެ އާ އޮފީސް އިމާރާތުގެ ބިންގާ އިއްޔެ އަޅައިފިއެވެ.

މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީނާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ އިތުރުން އެމްޑަބްލިއުއެސްސީގެ އަދި އައިލެންޑް އޭވިއޭޝަންގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އާ އޮފީސް އިމާރާތް އަޅަނީ ކުރިންވެސް އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފީސް ހިންގި، މާފަންނު ކޮޅު މަޖީދީމަގާއި ބޮޑުތަކުރުފާނު ގުޅޭ ކަންމަތިގައި އޮންނަ އެކުންފުނީގެ ބިމެއްކަމުގައިވާ ރާވެރިގެ ޕްލޮޓުގައެވެ. 

މި އިމާރާތުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމަށް ރަސްމިއްޔާތުގައި އެކުންފުނީގެ ބޯޑު މެމްބަރުންނާއި، މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

މިހާރު އައިލެންޑް އޭވިއޭޝަންގެ އެކި ޑިޕާޓްމަންޓްތައް މާލޭގެ ފަސް އިމާރާތެއްގައި ހިންގަމުންދާތީ، ކުންފުނިން ކުއްޔަށް ބޮޑު ޚަރަދެއް ކުރަންޖެހެއެވެ.

އާ އޮފީސް އިމާރާތް ނިމުމުން މާލޭގައި ހިންގާ އެ ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓެއް އެއްފުރާޅެއްގެ ދަށަށް ގެނެވި، މާލީ ގޮތުން އެތައް ލުޔެއް ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.

އައިލެންޑް އޭވިއޭޝަންގެ އައު އޮފީސް އިމާރާތް ބިނާކުރުމަށް ހަވާލުކޮށްފައިވަނީ ޗައިނާގެ ހުނާން ނަންބަރ 6 އިންޖިނިއަރިންގ ކުންފުންޏާއެވެ. އެކުންފުންޏާއެކު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ބިނާކުރެވޭ މި އިމާރާތުގެ ބިމުގެ ބޮޑުމިނަކީ 4745 އަކަފޫޓެވެ.

މީގެ އިތުރުން، މި އިމާރާތުގައި ބޭސްމެންޓް ހިމެނޭހެން ޖުމްލަ 12 ފަންގިފިލާއެއް ހުންނާނެއެވެ. އަދި އިމާރާތުގެ ބޭސްމެންޓް ޚާއްސަކުރެވިފައިވަނީ މުވައްޒަފުންގެ ޕާކިންއަށް ކަމަށާއި، ފުރަތަމަ ފަންގިފިލާގައި ޓިކެޓް އޮފީހެއް ޤާއިމްކުރެވިގެންދާނެކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.  

ކިޔުންތެރިންގެ ހިޔާލު