ENGLISH
03 ނޮވެމްބަރު 2025
މިފްކޯއިން ސިފިޓް 25 ގައި ބައިވެރިވެއްޖެ
09 ސެޕްޓެމްބަރު 2025
|
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ޗައިނާގެ ފުޖިޔަން ޕްރޮވިންސްގެ ޒިޔަމިން ސިޓީގައި މިމަހުގެ 8 އިން 11 އަށް ކުރިއަށްދާ ޗައިނާ އިންޓަރނޭޝަނަލް ފެއަރ ފޯ އިންވެސްޓްމަންޓް އެންޑް ޓްރޭޑް (ސިފިޓް 25) ގައި ބައިވެރިވެއްޖެއެވެ.
ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސްއިން އިންތިޒާމުކޮށްގެން ބާއްވާ މި ފެއަރގައި މިފްކޯއިން ވަނީ ސްޓޯލެއް ބަހައްޓައި، އެ ކުންފުނީގެ އުފެއްދުންތައް ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށާފައެވެ.
މިފްކޯގެ ޖެނެރަލް މެނޭޖަރ ލޯކަލް ސޭލްސް އެންޑް މާކެޓިން، އާއިޝަތު ރިޔާޒާ ވިދާޅުވީ މި ފެއަރގައި ބައިވެރިވުމުގެ މައިގަނޑު މަޤްޞަދަކީ މިފްކޯގެ ވިޔަފާރި ބައިނަލްއަޤްވާމީ މާކެޓުތަކަށް ފުޅާކުރުމާއި، ޚާއްޞަކޮށް ޗައިނާގެ މާކެޓުތަކަށް މިފްކޯގެ އުފެއްދުންތައް ތަޢާރަފުކުރުން ކަމަށެވެ.
ފެއަރގައި މިފްކޯއިން ވަނީ އެ ކުންފުނީގެ ތަފާތު އުފެއްދުންތައް ދައްކާލައި، ފެއަރއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އެ އުފެއްދުންތައް ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ.
މީގެއިތުރުން، މިވަގުތު ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ހޮސްޕިޓަލިޓީ އޭޝިއާ މޯލްޑިވްސް (އެފްއެޗްއޭއެމް) ފެއަރގައިވެސް މިފްކޯއިން ވަނީ ބައިވެރިވެފައެވެ.
މިފްކޯއިން މަޢުލޫމާތު ދެއްވި ގޮތުގައި އެފްއެޗްއޭއެމް ފެއަރގައި ބަހައްޓާފައިވާ މިފްކޯގެ ސްޓޯލަށްވެސް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދެއެވެ.