ENGLISH
18 ސެޕްޓެމްބަރު 2025
ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް މާފަރުފަޅަކީ ފެރިދޫގެ ބައެއްގެ ގޮތުގަައި ކަނޑައަޅުއްވައިފި
08 ސެޕްޓެމްބަރު 2025
|
ފެރިދޫ --
މާފަރުފަޅަކީ، ފެރިދޫގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދުފުޅާ އެއްގޮތަށް، އަރިއަތޮޅު އުތުރުބުރީ މާފަރު ފަޅަކީ އެރަށުގެ ބައެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިއީ އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތެއްގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މި ގޮތަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 134 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.
މި ނިންމެވުމާއެކު ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް ކަނޑައެޅުމާއި ގުޅޭ ޤަރާރު އިޞްލާޙުކުރައްވައި، އެ ޤަރާރުގެ ޖަދުވަލުގައި ހިމަނުއްވާފައިވާ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ލިސްޓަށް، އަރިއަތޮޅު އުތުރުބުރީ ފެރިދޫގެ ބައެއްގެ ގޮތުގައި މާފަރު ފަޅު ވަނީ އިތުރުކުރައްވާފަ އެވެ.
ރަށްރަށުގެ ތަރައްޤީގެ މުސްތަޤުބަލަށްޓަކައި، އަދި އެ ރަށަށް އާމްދަނީ ހޯދޭނޭ ފުރިހަމަ ވަސީލަތެއްގެ ގޮތުން ފަޅު ރަށްރަށާއި ބައެއް ފަޅުތައް ކައުންސިލްތަކުގެ އިހްތިސާސް ވަނީ ހިމަނުއްވާފަ އެވެ.