ENGLISH

18 ސެޕްޓެމްބަރު 2025

Advertisement

ކުރީގެ މިނިސްޓަރު މަހްލޫފް އެމްޑީޕީން ވަކިވެވަޑައިގެންފި

08 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ކުރީގެ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް --

ކުރީގެ ޔޫތު މިނިސްޓަރު އަޙްމަދު މަޚްލޫފް އިދިކޮޅު އެމްޑީޕީން ވަކިވެވަޑައިގެންފި އެވެ.

މަޙްލޫފް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޕާޓީގެ ދަފްތަރުން އުނިކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އަދި އެކަމަށް އެދިވަޑައިގެން އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލަށް ވަނީ ސިޓީ ފޮނުއްވާފަ އެވެ.

ކުރީގެ މިނިސްޓަރު މަޚްލޫފް ސިޔާސީ މަސައްކަތް ފެއްޓެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. ވަރަށް ޒުވާން އުމުރުގައި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރު ކަމާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ކަން ވެސް ކުރެއްވި އެވެ.

ސިޔާސީ މަސައްކަތުގައި އެންމެ ފާހަގަކޮށްލެވުނު ޒުވާން ސިޔާސީ ލީޑަރަކީ މަޚްލޫފެވެ. ވަރަށް ގިނަ ފަހަރަށް ޖަލުގައި ދުވަސްތައް ހޭދަ ކުރެއްވި އެވެ. އަދި ރާއްޖެއިން ބޭރުގައި ވެސް އަރުވާލެވިގެން އުޅުއްވަން ޖެހިވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު