ENGLISH
09 ސެޕްޓެމްބަރު 2025
ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށްގެންދިޔަ ކޯސްތައް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި
08 ސެޕްޓެމްބަރު 2025
|
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ކޯސްތައް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ
ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ކުރިއަށް ގެންދިޔަ ތިން ކޯހެއް ނިންމުމުގެ ރަސްމިއްޔާތު މިމަހުގެ 7 ވަނަ ދުވަހު އިސްކަންދަރު ބިލްޑިންގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި 12 އަދި 13 ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯހާއި 5 ވަނަ ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯސް ނިންމި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފައިވެއެވެ. އަދި ކޯސްތަކުން ވަނަވަނައަށް ދިޔަ ފަރާތްތަކަށް ހަނދާނީ ފިލާ ދީފައިވެއެވެ.
ބާރަ ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯހުން އެއްވަނަ އަށް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ޢަލީ ހޮވިފައިވާއިރު 13 ވަނަ ސެޓިފައިޑް ޓްރެއިނަރ ކޯހުން އެއްވަނަ އަށް ހޮވިފައިވަނީ ސީނިއަރ ސަރޖަންޓް އާލަޢު މުޙައްމަދުއެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުގެ އެގްޒެކެޓިވް ޑައިރެކްޓަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަބްދުއްރަޙްމާނެވެ.
ސީން އޮފް ކްރައިމް އޮފިސަރސް ބޭސިކް ކޯހުން އެއްވަނަ އަށް ގޮސްފައިވަނީ ސަރޖަންޓް އަޙްމަދު ނިހާދެވެ.
މި ކޯސްތަކުގައި ޖުމްލަ 51 މުވައްޒަފުން ބައިވެރިވެ ކޯސް ފުރިހަމަކޮށްފައިވެއެވެ. މީގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އިމިގްރޭޝަނާއި، މޯލްޑިވްސް ކަސްޓަމްސް ސާވިސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުން ހިމެނެއެވެ.
ސެޓިފައިޑް ޓްރެއިނަރސް ކޯހަކީ ފުލުހުންގެ މުއައްސަސާއިން ހިންގާ އެކި ތަމްރީން ޕްރޮގްރާމްތަކުގައި ކިޔަވައިދިނުމަށް މުދައްރިބުން ތަމްރީންކުރުމާއި މުދައްރިބުންގެ ހުނަރުތައް އިތުރުކުރުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ.