ENGLISH

09 ސެޕްޓެމްބަރު 2025

Advertisement

މަރަދޫފޭދޫއަށް އެރި ނަގޫރޯޅީގައި ބޮޑެތި ގެއްލުންވި ހަ ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ

08 ސެޕްޓެމްބަރު 2025

|

ޢަލީ ޝަހީމް

މަރަދޫފޭދޫއަށް މިއަދު އެރި ނަގޫރޯޅީގައި ގެއެއްގެ ފުރާޅު އެއްލާލާފައި. 6 ގެއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ވަނީ ފަށާފަ. ފޮޓޯ: އެންޑީއެމްއޭ

އައްޑޫ ސިޓީގެ މަރަދޫފޭދޫއަށް މިއަދު ހެނދުނު އެރި ނަގޫރޯޅީގައި ބޮޑެތި ގެއްލުންތައްވި ހަ ގެއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އޮފް މޯލްޑިވްސް (އެންޑީއެމްއޭ) އިން ބުނެފިއެވެ. 

ނަގޫރޯޅި އަރައި މަރަދޫފޭދޫގެ ގެތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ބައެއް ގެތަކުގެ ފުރާޅު އެއްލާލިއިރު، އަވަށުގެ ހިނަވާގެއާއި ނޫރު މިސްކިތްވެސް ހިމެނޭކަމަށް ވަނީ މައުލޫމާތުލިބިފައެވެ. 

މީސްމީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގެތަކަށް ވަނީ ބޮޑެތި ގެއްލުންތައްވެފައެވެ. 

އެންޑީއެމްއޭއިން ބުނީ ބޮޑެތި ގެއްލުންތައް ލިބުނު ހަ ގެއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރަނީ ސިޓީ ކައުންސިލާއި ގުޅިގެން ކަމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރަދޫފޭދޫއަށް ނަގޫރޯޅި އެރީ މިއަދު ހެނދުނު ނުވައެއް ޖަހާކަށްހާއިރުއެވެ. 

ނަގޫރޯޅީގައި ފުރާޅުތައް އެއްލާލުމުގެ އިތުރުން ބައެއް ގެތަކުގެ ވަށަފާރުވެސް ވަނީ ވެއްޓިފައެވެ. ގެތަކަށް ގެއްލުން ލިބިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރާއިރު، ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއްނުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު