ENGLISH
09 ސެޕްޓެމްބަރު 2025
އައްޑޫ ސިޓީ މަރަދޫފޭދޫއަށް ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ
08 ސެޕްޓެމްބަރު 2025
|
އައްޑޫ ސިޓީގެ މަރަދޫފޭދޫއަށް މިއަދު ހެނދުނު ނަގޫރޯޅިއެއް އަރައި ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
މިހާތަނަށް ލިބިފައިވާ މަޢުލޫމާތުން، ހަތް ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ. ފުރާޅު އެއްލާލި ތަންތަނުގެ ތެރޭގައި އެ އަވަށުގެ ހިނަވާގެއާއި ނޫރު މިސްކިތްވެސް ހިމެނެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބައެއް ގެތަކުން އެއްލާލި ފުރާޅުތައް ވެއްޓިފައި އޮތީ މަގުތަކަށެވެ.
ގެއްލުން ލިބުނު ގެތަކުގެ މީހުންނަށް އެހީތެރިވުމަށް ކަމާ ގުޅޭ ހުރިހާ އިދާރާއަކުން ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުނެފައިވެއެވެ.
މީގެއިތުރުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޓީމެއްވެސް މިހާރު ވަނީ އައްޑޫ ސިޓީއަށް ފުރާފައިއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެއެވެ.
އަދި ވައިޖެހޭނީ ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ކަމަށް ވަނީ ލަފާކޮށްފައެވެ.