ENGLISH
08 ސެޕްޓެމްބަރު 2025
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަނޭޝަނަލް އެގްޒިބިޝަން ފަށައިފި
08 ސެޕްޓެމްބަރު 2025
|
ވަޒީރު ސައީދު ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ބައްލަވާލައްވަނީ. ފޮޓޯ: އިޤްތިޞާދީ ވުޒާރާ
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް އިންޓަނޭޝަނަލް އެގްޒިބިޝަން އެންޑް ކަލިނަރީ ޗެލެންޖް 2025، ހުޅުމާލެ ސެންޓްރަލް ޕާކުގައި އިއްޔެ ފަށައިފިއެވެ.
އިއްޔެ ހަވީރު ފުޑް އެންޑް ހޮސްޕިޓާލިޓީ އެގްޒިބިޝަން ރަސްމީކޮށް ފައްޓަވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދުއެވެ.
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސް ރަސްމީކޮށް ހުޅުއްވައިދެއްވުމަށްފަހު ވަޒީރު ސަޢީދު ވަނީ ސްޓޯލްތައް ބައްލަވާލައްވައިފައެވެ.
އެގްޒިބިޝަން ކުރިއަށްދާނީ ސެޕްޓެމްބަރ 7 އިން 9 އަށެވެ. އެގްޒިބިޝަން އިންތިޒާމުކުރަނީ ދިވެހި އެކްސްޕޯ ސަރވިސަސްއާއި ސީޑީސީ އިވެންޓްސް ގުޅިގެންނެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ އިވެންޓުގައި 150 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެއެވެ. އޭގެތެރޭގައި ރާއްޖޭގެ އިތުރުން ޔޫަރަޕާއި އޭޝިއާގެ ގައުމުތަކުގެ އެގްޒިބިޓަރުން ހިމެނެއެވެ. އަދި، 20 އަށް ވުރެ ގިނަ ގައުމުން ބައިވެރިވާ ގްލޯބަލް ކަލިނަރީ ޗެލެންޖުވެސް އެގްޒިބިޝަންގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ފުޑް އެންޑް ހޮސްޕިޓާލިޓީ އޭޝިއާ މޯލްޑިވްސްއަކީ ވިޔަފާރީގެ މާކެޓްގައި އުފެއްދުންތައް އިޝްތިހާރުކުރުމާއެކު، އާ އުފެއްދުންތައް ދައްކާލުމުގެ ފުރުޞަތު ހުުޅުވިގެންދާ ހަރަކާތެކެވެ. މި ހަރަކާތުގައި މިއަހަރުވެސް ރާއްޖޭގެ ވިޔަފާރިތަކާއި ބައިނަލްއަގްވާމީ ގިނަ އުފެއްދުންތަކެއް ސްޓޯލްތަކުގައި ބަހައްޓާފައިވެއެވެ.