ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ބީއެމްއެލް އިން ވިޔަފާރިތަކަށް ޓީޓީ ހަދަން 73 މިލިއަން ޑޮލަރު ދޫކޮށްފި

07 ސެޕްޓެމްބަރު 2025

|

އަޙުމަދު ޙަމީދު

ބީއެމްއެލް --

ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް އިން ވިޔަފާރިތަކަށް ޓީޓީ ހަދަން 73 މިލިއަން ޑޮލަރު ދޫކޮށްފި އެވެ.

ބީއެމްްއެލް އިން ވަނީ މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ހުސްވި އޮގަސްޓް މަހުގެ ނިޔަލަށް ވިޔަފާރިތަކަށް ޓީޓީ ހެދުމަށް ބޭންކުން ދިން ޑޮލަރު ސަޕޯޓްގެ ތަފްސީލު ހާމަކޮށްފަ އެވެ. ބޭންކުން ބުނި ގޮތުގައި މިދިޔަ އަށް މަަސް ދުވަހު 73 މިލިއަން ޑޮލަރު ވަނީ ވިއްކައިފަ އެވެ.

އަދި ބުނީ އެދި ހުށައަޅާ އަދަދުގެ 30 އިންސައްތަ އާއި 50 އިންސައްތައާ ހަމައަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު ހަތަރު މިލިއަން ޑޮލަރު އިތުރު އަދަދެކެވެ. ބީއެމްއެލްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވިޔަފާރިތަކަށް ޓީޓީ ހަދަން ވިއްކާފައި ވަނީ 69 މިލިއަން ޑޮލަރެވެ. އަދި އެކަމަށް އެދި ހުށައަޅާ އަދަދުގެ ފަސް އިންސައްތަ އާއި 10 އިންސައްތައާ ދެމެދުގެ އަދަދަކަށް ޑޮލަރު ވިއްކާފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ބީއެމްއެލް އިން ވިޔަފާރިތަކަށް ދޫކުރާ ޑޮލަރުގެ އަަދަދު އިތުރުވެފައި މިވަނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުގެ އާމްދަނީގެ މިންވަރެއް ބޭންކުތަކަށް މާރުކުރަން ލާޒިމުކޮށް ޤާނޫނަށް ގެނެސްފައިވާ ހެޔޮ ބަދަލުގެ ސަބަބުންނެވެ.

އެމްއެމްްއޭގެ ހިސާބުތަކަށް ބަލާއިރު މި އަހަރުގެ މިހާތަނަށް ބޭންކުތައް މެދުވެރިކޮށް ފަރުދުންނާއި ވިޔަފާރިތަކަށް ދޫކުރި ޑޮލަރުގެ އަދަދު ވަނީ ބޮޑުތަނުން އިތުރުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު