ENGLISH
07 ސެޕްޓެމްބަރު 2025
ރެހެންދި ސުކޫލުގައި ފުލުހުން ހަރަކާތްތެރިވީ އިންޒާރަކާއި ގުޅިގެން، ނުރައްކަލެއް ނެތް
07 ސެޕްޓެމްބަރު 2025
|
ރެނހެދި ސުކޫލް
ހުޅުމާލޭގައި ހުންނަ ރެހެންދި ސުކޫލުގައި ފުލުހުން ހަރަކާތްތެރިވީ އިންޒާރަކާއި ގުޅިގެން ކަމަށާ ނަމަވެސް މިވަގުތު ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.
މިއަދު ހެނދުން ފެށިގެން ފުލުހުން ރެހެންދި ސުކޫލުގައި ދަނީ ހަރަކާތްތެރިވަމުންނެވެ، އެކަމާ ގުޅިގެން ފުލުހުން ބުނީ ލިބުނު މައުލޫމާތަކާއި ގުޅިގެން އެ ސުކުލޫގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ފުލުހުން ހަރަކާތްތެރިވީ އެ ސުކޫލަށް ލިބުނު އިންޒާރުގެ މެއިލަކާއި ގުޅިގެން ކަމަށެވެ، މެއިލްގައި ވަނީ އެ ސުކޫލު ހިމެނޭ ސަރަހައްދުގައި ގޮވާ އެއްޗެއް އޮތް ކަމަށެވެ.
މެއިލް ފޮނުވީ ކާކުކަން ނޭންގޭ ސިއްރު އައިޑީއަކުންނެވެ.
އެކަމާއި ގުޅިގެން ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒިފުންގެ ރައްކާތެރިކަމަށް ފުރިހަމައަށް ފިޔަވަޅު އަޅާފައިވާ ކަމަށާ މިވަގުތު އެއްވެސް ނުރައްކަލެއް ނެތް ކަމަަށް އެ މިނިސްޓްރީން ބުންޏެވެ.
ރެހެންދި ސުކޫލަކީ ރާއްޖޭގެ އެންމެ ބޮޑު ސުކޫލެވެ.