ENGLISH
07 ސެޕްޓެމްބަރު 2025
ދުނިޔެ ސާފުކުރުމުގެ ދުވަހުގެ ރަސްމީ ހަރަކާތް ކަމަދޫގައި ބާއްވަން ނިންމައިފި
07 ސެޕްޓެމްބަރު 2025
|
2021 ވަނަ އަހަރު ކ. ހިންމަފުށީގައި ބޭއްވި ހަރަކާތް. މިފަހަރުގެ ހަރަކާތް އޮންނާނީ ކަމަދޫގަ. ފޮޓޯ: ލެޓްސް ޑޫ އިޓް މޯލްޑިވްސް
ދުނިޔެ ސާފުކުރުމުގެ ދުވަހުގެ ރަސްމީ ބޮޑު ހަރަކާތް މިފަހަރު ބ. ކަމަދޫގައި ބާއްވަން ނިންމައި، ތައްޔާރީތައް ފަށައިފިއެވެ.
ދުނިޔެ ސާފުކުރުމުގެ ދުވަހުގެ ހަރަކާތް އިންތިޒާމުކުރަނީ ބައިނަލްއަގްވާމީ ޖަމިއްޔާ "ލެޓްސް ޑޫ އިޓް" އިންނެވެ. ރާއްޖޭގައި މި ހަރަކާތް އިންތިޒާމުކުރަނީ އެ ޖަމިއްޔާގެ ރާއްޖޭގެ ގޮފި "ލެޓްސް ޑޫ އިޓް މޯލްޑިވްސް" އިންނެވެ. ބައިނަލްއަގްވާމީ ގޮތުން ދުނިޔެ ސާފުކުރާ ދުވަސް ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ސެޕްޓެމްބަރ 20 ވަނަ ދުވަހެވެ.
ކަމަދޫގައި ރަސްމީ ބޮޑު ހަކަރާތް ކުރިއަށް ދިއަޔަސް ރާއްޖޭގެ ހުރިހާ ރަށެއްގައި އެދުވަހު ސާފުކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެކަމަށް ލެޓްސް ޑޫ އިޓް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.
ކަމަދޫގައި ބ. އަތޮޅު އޮންނަ ގުދުރަތީގޮތުން ރީތި ރަށެކެވެ. އަދި، ލޯކަލް ޓުއަރިޒަމްގައި ވެސް ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ރަށެވެ. ކަމަދޫގައި ސާފުކުރުމުގެ ރަސްމީ ހަރަކާތް ބާއްވާއިރު ބ. އަތޮޅަކީ އެންމެ ގިނަ ރިސޯޓުތައް އޮޕަރޭޓްކުރަމުން އަންނަ އެއް އަތޮޅެވެ.
ހަރަކާތުގެ ތެރެއިން ރަށުތެރެއާއި މޫދު، ވަށައިގެންވާ ސަރަޙައްދު ސާފުކުރުމަށް ވަނީ ހަމަޖެހިފައެވެ. ދުނިޔޭ ސާފުކުރުމުގެ ދުވަހުގެ މުނާސަބަތުގައި ބައިނަލްއަގްވާމީ ގޮތެއްގައި ކުރިއަށްގެންދާ އެ ހަރަކާތަކީ، އެއް ދުވަހެއްގައި އެންމެ ގިނަ ބަޔަކު ނުކުމެ ސާފުކުރުމުގެ ހަރަކާތް ކުރިއަށްގެންދާ ދުވަހެވެ.
ރާއްޖޭގައި ކޮންމެ އަހަރަކު ވެސް ހަރަކާތް ކުރިއަށްގެންދާއިރު، މީހުން އުޅޭ ރަށްރަށާއި ރިސޯޓުތަކުގައި ވެސް އެ ހަރަކާތްތައް މީގެކުރިން ވަނީ ކުރިއަށްގެންގޮސްފައެވެ.