ENGLISH

07 ސެޕްޓެމްބަރު 2025

Advertisement

ބްރެޒިލްގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

07 ސެޕްޓެމްބަރު 2025

|

ހަސަން އާމިރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބްރެޒިލްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ހިޒް އެކްސެލެންސީ ލުއީޒް އިނާސިއޯ ލޫލާ ޑެ ސިލްވަރއާއި ސަރުކާރާއި އަދި ބްރެޒިލްގެ ރައްޔިތުންނަށް ތަހުނިޔާ އާއި ހެޔޮ އެދުންތައް ފޮނުއްވައިފިއެވެ.

އެމަނިކުފާނުގެ ސިޓީފުޅުގައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ ބަދަލުތަކާ ގުޅޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއާއި ބްރެޒިލް އާ ދެމެދު އޮތް އެއްބާރުލުން ފާހަގަކުރައްވާފައިވެއެވެ. އަދި ބްރެޒިލްގެ ބެލެމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކޮޕް 30 ސަމިޓްގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް އިންތިޒާރުކުރައްވާކަން ފާހަގަކުރައްވާފައިވެއެވެ. އެމަނިކުފާނުގެ ސިޓީފުޅުގައި، ކުރިއަށް އޮތް އަހަރުތަކުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުން އިތުރުވެގެންދާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ސިޓީފުޅުގައި، ރައީސް ލޫލާ ޑެ ސިލްވަރއަށް، ދުޅަހެޔޮ ސިއްޙަތަކާއި އުފާވެރިކަމަށް އެދިވަޑައިގެން، އެ ޤައުމަށާއި ޤައުމުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންފައިވެއެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކުރައްވައި އާންމުކުރެއްވި މެސެޖެއްގައި ވެސް، ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ދެޤައުމުގެ މެދުގައި ބަދަހިވަމުންދާ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމުގައި ދިވެހިރާއްޖެއިން މަސައްކަތްކުރައްވާނޭކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު