ENGLISH

25 ނޮވެމްބަރު 2024

ޕެޓް ފެސިލިޓީއަށް ބައެއް ސާމާނު ހޯދުމަށް މާލެ ސިޓީ ކައުންސިލުން އިއުލާނުކޮށްފި

25 ނޮވެމްބަރު 2024

|

އާމިނަތު މައިހާ

ޕެޓް ޝެލްޓަރ ހުޅުއްވި ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބުޅާ ފެސިލިޓީ ބައްލަވާލައްވަނީ / ފޮޓޯ: ރައީސް އޮފީސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ގާއިމްކޮށްފައިވާ ޕެޓް ފެސިލިޓީއަށް ބޭނުންވާ ބައެއް ސާޖިކަލް ސާމާނު ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.

މި ޝެލްޓާއަށް ތަކެތި ހޯދުމަށް ސިޓީ ކައުންސިލުން ކުރިން ވެސް ތިން ފަހަރެއްގެ މަތިން އިއުލާނުކޮށްފައި ވާއިރު މިދިޔަ ސެޕްޓެމްބަރު މަހު ވަނީ ފެސިލިޓީއަށް ސާމާނު ހޯދުމަށް ބަޔަކާ ހަވާލުކޮށްފި އެވެ. 

އިއްޔެ ސަރުކާރު ގެޒެޓްގައި ކޮށްފައިވާ އިއުލާނުގައި ބުނެފައިވާ ގޮތުގައި ކެޓްޝެލްޓަރ އަށް ބޭނުންވާ އިކުއިޕްމެންޓްސް އާއި މެޓީރިއަލްސް ހޯދުމަށް ބީލަން ހުށަހެޅުމުގެ މުއްދަތު 4 ޑިސެމްބަރާއި ހަމައަށް ހުޅުވާލެވިފައިވާ ކަމަށް ބުނެފައިވެ އެވެ. 

އަދި އިތުރު މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ 2 ޑިސެމްބަރުގެ ކުރިން [email protected] އަށް މެއިލްކުރުމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު