ENGLISH

18 ސެޕްޓެމްބަރު 2025

Advertisement

އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އޮޅުންއަރާ ކަންކަން ސާފުކޮށްދިނުމަށް 'އިމިގްރޭޝަން އިންސައިޓްސް' އިފްތިތާހުކޮށްފި

06 ސެޕްޓެމްބަރު 2025

|

ޝާމަ ޝުޢައިބު

ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިޙްސާން - ފޮޓޯ: ހޯމް މިނިސްޓްރީ

”އިމިގްރޭޝަން އިންސައިޓްސް“ ގެ ނަމުގައި ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މި ޕްރޮގްރާމްގެ އިފްތިތާހުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިޙްސާންއެވެ.

އިމިގްރޭޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު މި ޕްރޮގްރާމުގެ ބޭނުމަކީ އިމިްގރޭޝަނުގެ ޚިދުމަތްތަކުގެ މައުލޫމާތު އާންމު ރައްޔިތުންނަށާއި ބޭރު މީހުންނަށް ފަސޭހައިން ލިބޭނެ ގޮތްތައް އޮޅުން ފިލުވުމެވެ.

"އިމިގްރޭޝަން އިންސައިޓްސް" ނަމުގައި އިފްތިތާހުކުރި މި ޕްރޮގްރާމްއަކީވެސް މިކަމުގެ ބައެއް ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. މި ޕްރޮގްރާމްގެ މަގްސަދަކީ އިމިގްރޭޝަންގެ ޚިދުމަތްތަކުގެ ތެރެއިން އެންމެ ގިނައިން އޮޅުންއަރާ ކަންތައްތައް ސާފުކޮށްދިނުމާއި، އެންމެ ފަހުގެ މަޢުލޫމާތުތައް ތަފްސީލާއެކު އާންމުންނަށް ފޯރުކޮށްދިނުމެވެ.

މި ޕްރޮގްރާމްއަކީ ޕޯސްޓެއް ނުވަތަ ކުރު ވީޑިއޯއެއްގެ ގޮތުގައި ގެނައުމަށް ނިންމަފައިވާ ޕްރޮގްރާމެކެވެ. އަދި މި ވީޑިއޯތައް މެދުވެރިކޮށް އިމިގްރޭޝަން އޮފިސަރުން ތަފްސީލުކޮށް މައުލޫމާތުތައް ފޯރޮކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި މަހުން ފެށިގެން މި ޕްރޮގްރާމް ފެށިގެންދާނެ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފައި ވެއެވެ.

އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ހަރުދަނާކުރުމަށް އިމިގްރޭޝަން އޮފިސަރުންނަށް އަމާޒުކޮށްގެން އައު ތިން ކެމްޕޭނެއް މިހާރުވެސް ވަނީ ފަށާފައެވެ. އެއީ، ހިނިތުންވުމާއެކު ޚިދުމަތްދިނުން، ނަޒާހާތްތެރިކަން އިސްކުރުން އަދި އިންސާނިއްޔަތުކަން ދެމެހެއްޓުމުގެ ނަމުގައި ކުރިއަށް ދާ ތިން ކެމްޕޭނެވެ. 

އިންސާނިއްޔަތުކަން ދެމެހެއްޓުން ކެމްޕޭނުގައި ބޮޑަށް އަލިއަޅުއްވާލައްވާނީ ޚިދުމަތް ހޯދާ ހުރިހާ ފަރާތްތަކާމެދު އިހުތިރާމާއި، ހަމަހަމަކަމާއި، ގަދަރުވެރިކަމާއެކު މުއާމަލާތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު